ހުނޫ ވެސް އިސްތަށިގަނޑު ކޮށާލައިފި

ޓިކްޓޮކުން ދިވެހިންގެ ތެރޭގައި މަޝްހޫރު ކަމެއް ހޯދި ހުނޭސާ އާދަމް ( ހުނޫ ) ވެސް އިސްތަށިގަނޑަށް ބޮޑު ބަދަލެއް ގެނެސްފިއެވެ. ހުނޫ އަކީ ޓިކްޓޮކްގެ އިތުރުން ދިވެހި ސިނަމާ އާއިވެސް ރަށްޓެހި މޫނެކެވެ. ބައި...

14 Jul 2021 | 07:39

ޓިކްޓޮކުން ދިވެހިންގެ ތެރޭގައި މަޝްހޫރު ކަމެއް ހޯދި ހުނޭސާ އާދަމް ( ހުނޫ ) ވެސް އިސްތަށިގަނޑަށް ބޮޑު ބަދަލެއް ގެނެސްފިއެވެ.

ހުނޫ އަކީ ޓިކްޓޮކްގެ އިތުރުން ދިވެހި ސިނަމާ އާއިވެސް ރަށްޓެހި މޫނެކެވެ. ބައިސްކޯފުން ގެނެސްދޭ ހުވާ ސީރީޒުން ފާހަގަކޮށްލެވުނު ހުނޫ އަކީ އެކްޓް ކުރުމުގެ ޤާބިލްކަންވެސް ހުރި ރީތި ފަންނާނެކެވެ.

ހުނޫގެ ދިގު އިސްތަށިގަނޑާއެކު ކުރިން އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވާ ފޮތޯތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެއެވެ.

https://www.instagram.com/p/CPTGKN5p1t5/

ހުނޫ އިސްތަށިގަނޑު ކޮށާލުމަށްފަހު ފެނިގެން ގޮސްފައި މިވަނީ ޓިކްޓޮކް ތަރި ރިޝްފާ (އާޝާ) އާއި އެކު ކުޅެފައިވާ ވީޑިއޯ އަކުންނެވެ.

ކުރު އިސްތަށިގަނޑެއް ބެހެއްޓުމަކީ މިހާރު ގިނަ ފަންނާނުންގެ މެދުގައި މަޤްބޫލުވެފައިވާ ޓްރެންޑެއް ކަމަށް ބެލެވެއެވެ.

ޓިކްޓޮކް ތަރި ޝިފާވެސް ދާދިފަހުން ވަނީ އޭނާގެ ދިގު އިސްތަށިގަނޑު ކޮށާލައިފައެވެ. ކުރު އިސްތަށިގަނޑާއެކު މަދު ޓިކްޓޮކްތަކަކުން ފެނުމަށްފަހު މިހާރު އޭނާ ވަނީ ބުރުގާ އަޅައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް