އަނިލް ކަޕޫރްގެ ކޮއްކޮ ސަންޖޭ ކަޕޫރްގެ އަންހެން ދަރިފުޅު ޝަނާޔާ ކަޕޫރް ވަނީ ބެލީ ޑާންސް ކުރާ ވީޑިއޯއެއް އިންސްޓަގްރާމްގައި އާންމުކޮށްފައެވެ.
މި ވީޑިއޯއިން ފެންނަނީ ޝަނާޔާ އޭނާއަށް ނަށަން ދަސްކޮށްދޭ މީހާއާއި އެކު ވަރަށް ފުރިހަމައަށް ހުށައަޅައިދޭ ނެށުމެކެވެ.
މީވިޑޯގެ ތިރީގައި ޝަނާޔާ ވަނީ "މިއީ އަހަރެމެން ކޮރެއޮގްރަފީ ދަސްކުރާ ގޮތް" ކަމަށްބުނެ އޭނާގެ ޓީޗަށް ތައުރީފްކޮށް ބަސްކޮޅެއް ލިޔެފައެވެ.
މި ޕޯސްޓަށް ގިނަ ބަޔަކު ވަނީ ހިތް ރިއެކްޓްކޮށް ކޮމެންޓްވެސް ކޮށްފައެވެ. އޭގެ ތެރޭގައި އަމީތާބް ބަޗަންގެ ކާފަ ދަރިފުޅު ނަވްޔާ ނަވޭލީ ނަންދާ އާއި ޝާހްރުކް ޚާންގެ ދަރިފުޅު ސުހާނާ ޚާން ވެސް ހިމެނެއެވެ.
ނަވްޔާ ވަނީ، މި ނެށުން ފެނިފައި އޭނާގެ ބަނޑަށް ތަދުވެއްޖެ ކަމަށް ބުނެ ކޮމެންޓް ކޮށްފައެވެ.
ޝަނާޔާގެ މި ވީޑިއޯއަށް އޭނާގެ ބައްޕަ ސަންޖޭ ކަޕޫރްވެސް ވަނީ ވަރަށް ލޯތްބާއެކު ކޮމެންޓްކޮށް ރިއެކްޓް ކޮށްފައެވެ.
ވަރަށް އަވަހަށް ޝަނާޔާ ކަޕޫރް ބޮލީވުޑަށް ތައާރަފްވާނެ ކަމަށް ބެލެވެއެވެ. މިއަހަރު ކުރީ ކޮޅު ކަރަން ޖޯހަރު ވަނީ ދަރްމާ ޕްރޮޑަކްޝަންގެ ފިލްމަކުން ޝަނާޔާ ބޮލީވުޑަށް ތަޢާރަފް ކުރާނެ ކަން އިއުލާނު ކޮށްފައެވެ. ކަރަން ބުނީ މި ޖުލައި މަހު އެ ފިލްމުގެ މަސައްކަތް ފަށާނެ ކަމަށެވެ. މިކަމާ ގުޅިގެން ޝަނާޔާވެސް ވަނީ ކަރަންގެ ފިލްމެއްގައި ފުރަތަމަވެސް މަސައްކަތް ކުރަން ލިބުމުން އެކަމަށް ކެތްމަދުވެފައިވާ ކަމަށް ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް