ބައެއް ޔޫޒާތަކަށް ކްލަބްހައުސް ޑައުންވެއްޖެ

މަގުބޫލުކަން ހޯދަމުން އަންނަ އޯޑިއޯ ޗެޓް އެޕްލިކެޝަން ކްލަބްހައުސް ބައެއް ޔޫޒާތަކަށް ޑައުންވެއްޖެ އެވެ. މިއަދުގެ ވަގުތުތަކުގައި ބައެއް ޔޫޒާތަކަށް އެ އެޕްލިކޭޝަން ބޭނުންކުރުމުގައި ވަނީ ދަތިތަކާ ކުރިމަތ...

14 Jul 2021 | 07:02

މަގުބޫލުކަން ހޯދަމުން އަންނަ އޯޑިއޯ ޗެޓް އެޕްލިކެޝަން ކްލަބްހައުސް ބައެއް ޔޫޒާތަކަށް ޑައުންވެއްޖެ އެވެ.

މިއަދުގެ ވަގުތުތަކުގައި ބައެއް ޔޫޒާތަކަށް އެ އެޕްލިކޭޝަން ބޭނުންކުރުމުގައި ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. މި މައްސަލައިގައި ކްލަބްހައުސް އިން ވަކި އެއްޗެއް ނުބުނާއިރު، އެޕްލިކޭޝަންތަކުގެ ސްޓޭޓަސް ޗެކްކުރާ ވެބްސައިޓްތަކުން ވަނީ މައްސަލައެއް އުޅުނުކަން ފާހަގަކޮށްފައެވެ. ނަމަވެސް އެކަން މިހާރު ވަނީ ހައްލުކޮށްފައެވެ.

މިއީ އޯޑިއޯ-ޗެޓް-ސޯޝަލް ނެޓްވޯރކެކެވެ. ރާއްޖޭގައިވެސް މިހާރު މިއީ ރަނގަޅަށް ވައިގައި ހިފަމުން އަންނަ އެޕްލިކޭޝަނެކެވެ.

ލަބްހައުސް ލޯންޗްކުރީ ކޮވިޑްގެ ވަބާ އެމެރިކާގައި ފެތުރެންފެށި ހިސާބުގައެވެ. 2020ވަނަ އަހަރުގެ މާރިޗް މަހުގައެވެ. ރާއްޖޭގައި މި ޕްލެޓްފޯމު އެންމެ ފުރަތަމަ ބޭނުންކުރަން ފެށީ އައްޑޫ މީހުން ކަމަށް މަޢުލޫމާތު ލިބެއެވެ.

”ކްލަބްހައުސް“ ލިބޭނީ އައިއޯއެސް އަށާއި އެންޑްރޮއިޑް ބޭނުންކުރެވޭ ވަސީލަތްތަކަށެވެ. ޑެސްކްޓޮޕް އެޕްލިކޭޝަން ވެސް މިހާރު ލިބެން އެބަހުއްޓެވެ. އެންޑްރޮއިޑް ވާރޝަން އާއްމުކުރީ މި އަހަރު މެއި މަހުގައެވެ. އެންޑްރޮއިޑަށް މި އެޕް ތަޢާރަފުކުރިތާ ހަފުތާއެއްގެ ތެރޭގައި މިލިޔަނަކަށް ވުރެން ގިނަ މީހުން އެޕްލިކޭޝަން ބޭނުންކުރަން ފަށާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް