ފްރެޝް ވޯޓާ ޓޭންކުތަކުގައި ގެންގުޅޭ ކޯރުމަހުގެ ތެރެއިން އެންމެ އާންމު ވައްތަރުތަކުގެ ތެރޭގައި ހިމެނޭ ބީޓާ ފިޝް ނުވަތަ ފައިޓީން ފިޝް (ތަޅާ މަސް) މަޝްހޫރުވެފައި ވަނީ ތަޅައިފޮޅުމާއި އަނިޔާވެރިކަމާއި ތޮޅުމުގެ ބައި ބޮޑު މަހެއްގެ ގޮތުގައެވެ.
ގިނަ ފަހަރު ބީޓާ ފިޝްއަކީ ބީޓާ އާއިލާ ފިޔަވައި އެހެން އާއިލާތަކުގެ މަސްމަހާމެއްސާއެކު ގުންގުޅެވޭ ޒާތުގެ އެއްޗަކަށް ނުވެއެވެ. އެކަމަކު ބީޓާ ފިޝްއަކީ ވެސް ގެންގުޅެން އެނގިއްޖެ ނަމަ އެހެން މަސްތަކާއެކު ވެސް ގެންގުޅެވިދާނެ މަހެކެވެ. ވިސްނަންޖެހޭ ކަމަކީ އެގޮތްތައް ނުވަތަ ހާލަތުތައް ދެނެނުގަނެވިއްޖެ ނަމަ ކަންކަން ގޯހުންގޯހަށް ދާނެތީއެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި ބީޓާ ފިޝްއާ އެހެން މަސްތައް އެއް ޓޭންކެއްގައި ގެންގުޅެވޭނީ އަންނަނިވި ހާލަތްތަކުގައެވެ.
1) އެހެން މަސްތަކާއެކު އެއް ފިރިހެން ބީތާ ފިޝް ގެންގުޅުން (ދެ ފިރިހެން ބީޓާ ގެންގުޅުން ރައްކާތެރިއެއް ނޫން).
2) އެހެން މަސްތަކާއެކު އެއް ފިރިހެން ބީޓާ ފިޝް އަދި އެއް އަންހެން ބީޓާ ފިޝް ގެންގުޅުން.
3) އެހެން މަސްތަކާއެކު އެއް ފިރިހެން ބީޓާ ފިޝް އަދި ދެ އަންހެން ބީޓާ ފިޝް ގެންގުޅުން.
4) އެހެން މަސްތަކާއެކު ދެ އަންހެން ބީޓާ ފިޝް ގެންގުޅުން.
5) އެހެން މަސްތަކާއެކު އެއް އަންހެން ބީޓާ ފިޝް ގެންގުޅުން.
ނޯޓު: އެހެން ޒާތުގެ މަސްތަކާއެކު ނޫނަސް (ހަމައެކަނި ބީޓާ ވިޔަސް) މަތީގައި ބަޔާންކުރެވިފައިވާ ގޮތަށް ނޫނީ އެއް ޓޭންކެއްގައި ގެންގުޅުން އެދެވިގެންނެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް