"ރިޓާން ޓު މޯލްޑިވްސް"ގެ ނަމުގައި ގްލޯބަލް މާކެޓިން ކެމްޕޭނެއް ފަށައިފި

އިންސައިޑްފްލަޔާ މެގަޒިނާ އެކު ހަފްތާއެއްގެ މުއްދަތަށް "ރިޓާން ޓު މޯލްޑިވްސް"ގެ ނަމުގައި ގްލޯބަލް މާކެޓިން ކެމްޕޭނެއް އެމްއެމްޕީއާރްސީން ފަށައިފިއެވެ. މި ކެމްޕެއިނަކީ ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގ...

14 Jul 2021 | 06:35

އިންސައިޑްފްލަޔާ މެގަޒިނާ އެކު ހަފްތާއެއްގެ މުއްދަތަށް "ރިޓާން ޓު މޯލްޑިވްސް"ގެ ނަމުގައި ގްލޯބަލް މާކެޓިން ކެމްޕޭނެއް އެމްއެމްޕީއާރްސީން ފަށައިފިއެވެ.

މި ކެމްޕެއިނަކީ ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމަށް ފެށި ކެމްޕޭނެކެވެ.

އެމްއެމްޕީއާރުސީން ބުނީ، މިކެމްޕޭނުގައި ރާއްޖެ އުފެދިފައިވާ ގޮތުންނާއި، އެކުލަވައިލެވިފައިވާއި އުސޫލުތަކާ އެކު ރާއްޖެއަކީ މިވަގުތު ދުނިޔޭގެ އެންމެ ރައްކާތެރި އެއް މަންޒިލުގެ ގޮތުގައި ސިފަކުރެވިގެންދާނެ ކަމަށެވެ. ރާއްޖޭގެ ވަކިވަކި ރަށްރަށުގައި ތަރައްގީކުރެވިފައިވާ ރިސޯޓްތަކާއި، ފަތުރުވެރިންނަށް ޚާއްސަކޮށް ރާއްޖޭން ލިބެން ހުންނަ ޚިދުމަތްތައް އިޝްތިހާރުކުރެވިގެން ދާނެކަމަށް ބުނެ އެވެ.

ހަފްތާއެއްގެ މުއްދަތައް މިކެމްޕެއިން ކުރިއަށް ގެންދާއިރު، ކޮންމެ ދުވަހަކު ވެސް ރާއްޖޭގެ ޓޫރިސްޓު ފެސިލިޓީއެއް އިޝްތިހާރުކުރެވިގެން ދާނެ ކަމަށް މައުލޫމާތުދެ އެވެ. އެ ގޮތުން ފުރަތަމަ އިޝްތިހާރު ކުރެވޭ ތަންތަނުގެ ތެރޭގައި ފުށިފަރު މޯލްޑިވްސް، ޕުލްމަން މޯލްޑިވްސް މާމުޓާ، ސަން ސިޔާމް އިރު ވެލި، ޖޯލި މޯލްޑިވްސް މުރަވަންދޫ، ހާރޑް ރޮކް ހޮޓެލް މޯލްޑިވްސް، ރެޑިސަން ބްލޫ އަދި ކޮންރެޑް މޯލްޑިވްސް ހިމެނޭ ކަމަށް އެމްއެމްޕީއާރުސީން މައުލޫމާތުދެއެވެ.

މި ކެމްޕެއިނުގެ ސަބަބުން ޖަރުމަނު، ސްވިޒަލެންޑް، އޮސްޓްރިއާ، ޔޫކޭ އަދި ބެނަލުކްސްގެ ގައުމުތަކާއި، ސްކެންޑިނޭވިއަން ގައުމުތަކުގެ އިތުރުން ނޯތު އެމެރިކާގެ ގައުމުތަކުގައި ރާއްޖެ އިޝްތިހާރުވެގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް