މަޝްހޫރު ކަޕޫރް އާއިލާއަށް ނިސްބަތްވާ ބަތަލާ، ކަރީނާ ކަޕޫރްގެ ހަބަރުތަކަކީ އަބަދުވެސް އާންމުންގެ ތެރޭގައި މަޤްބޫލު ވެގެންދާ ހަބަރުތަކެކެވެ.
ޒާތީ ދިރިއުޅުމާއި މަސައްކަތުގެ މާހައުލުގެ ހަބަރުތައްވެސް ވައިގައި ހިފަނީ ހަމަ ދާދި އެއްވަރަކަށެވެ. ކަރީނާ އަކީ އަބަދުވެސް ކަން އޮންނަ ގޮތަށް ވާހަކަ ދައްކާ ތެދުވެރި ބަތަލެއް ގޮތަށް މީޑިއާ ސިފަކުރާ ތަރިއެކެވެ. މީގެ ސަބަބުން އޭނާ އަށް އެތައް މިލިއަން ފޭނުން ސަޕޯޓް ކުރެއެވެ.
ކަރީނާގެ ޒާތީ ދިރިއުޅުމަށް ބަލާއިރު، 2012 ވަނަ އަހަރު ސައިޕް އަލީ ޚާނާއި ކައިވެނި ކުރުމުގެ ކުރިން އޭނާ އާއި ޝާހިދު ކަޕޫރްގެ ލޯބީގެ މިސާލު ފާހަގަކޮށްލެވެއެވެ. ނަމަވެސް ޝާހިދުގެ ކުރިން ކަރީނާ ލޯބިގެ ގޮތުން ގުޅިގެން އުޅުނީ ކާކަށް ކަން އެނގޭ ހެއްޔެވެ؟
ރެފިއުޖީ އިން ބޮލީވުޑަށް ތައާރަފްވެގެން ދިޔަ އިރު ކަރީނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނީ މަޝްހޫރު ފިލްމު ޕްރޮޑިއުސަރު ޕަހްލައި ނަހަލާނީގެ ފިރިހެން ދަރިފުޅު ވިކީ ނަހަލާނީ އާއެވެ. ރެޑްކްލިފް އަށް ދިން އިންޓަވިއު އެއްގައި ކަރީނާ ބުނީ އޭނާ ބޮލީވުޑަށް ތަޢާރަފްވި އިރު ވިކީ އާއި ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށާއި އެއީ އޭނާގެ ފުރަތަމަ ލޯބީގެ ގޮތުގައި ވަނީ ސިފަ ކޮށްދީފައެވެ.
ކަރީނާގެ މި ބަސްދީގަތުމުގައި އޭނާ ވަނީ އޭނާ އާއި ވިކީ އަކީ އޭރު ވަކި ނުކުރެވޭގެ ގުޅުމަކުން ބަނދެވިފައިވާ ދެމީހުންގެ ގޮތުގައި ސިފަކޮށްފައެވެ. ކަރީނާ ބުނީ އޭނާއަށް ވިކީ ދެކެ ލޯވިވެވުނީ އުމުރުން އެންމެ 13 އަހަރުގައި ކަމަށެވެ.
އެ ގުޅުން މެދުކަނޑާލަން ޖެހުނީ ދެމީހުންވެސް ދެމީހުންގެ ކެރިއަރަށް ސަމާލުކަން ދިނުމަށް ކަމަށް ކަރީނާވަނީ ސިފަކޮށްފައެވެ. އަދި އޭނާ އޭރު އަމިއްލަ ނަސްފަށްވެފައިވާ ވައުދަކީ، ކުރިއަށް އޮތް 10 އަހަރުވެސް ހަގީގީ ލޯބި އޭނާ ކުރަމުން އަންނަ މަސައްކަތްދެކެ ވުމަށެވެ. ނަމަވެސް އެ ވައުދާ ހިލާފުވާން ޖެހުނީ އެންމެ ފުރިހަމަ ފިރިހެނާ، ސައިފް އަލީ ޚާނާއި ދިމާވުމުން ކަމަށް ކަރީނާ ވަނީ ބުނެފައެވެ.
ވިކީ ވެސް ވަނީ ކައިވެންޏެއް ކޮށްފައެވެ. އިޓަލީ އަންހެނަކާ ކައިވެނި ކޮށްގެން އުފާވެރި ހަޔާތެއް ވޭތުކުރަމުން ދަނިކޮށް އޭނާގެ އަންހެނުން ވަނީ 43 އަހަރުގައި މަރުވެފައި އެވެ.
2012 ވަނަ އަހަރު ސައިފް އާއި ކައިވެނި ކުރީ ތަޝަން ފިލްމުގެ ޝޫޓިންގް އިން ދިމާވެގެން އެކަކު އަނެކަކު ދެކެ ލޯބިވެގެންނެވެ. އޭރު ކަރީނާ ދިޔައީ ޝާހިދު އާއި ވަކި ވުމުގެ ސަބަބުން ހިތާމަ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް