ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރު އެތައް މަހަކު ގައުމުން ބޭރުގައި އުޅުމަށް ފަހު އެނބުރި އިންޑިއާގެ މުމްބާއީއަށް ގޮސްފި އެވެ.
މި ވޭތިވެދިޔަ ހައެއްކަ މަސްތުވަހު އޭނާ ދިރިއުޅުނީ ފިރިމީހާ އަނަންދު އަހޫޖާ އާއި އެކު އިނގިރޭސިވިލާތުގެ ލަންޑަން ގައި އެވެ. ގައުމަށް ނުގޮސް އުޅުނީ ކޯވިޑްގެ ހާލަތު ގޯސްވެ މުމްބާއީ ލޮކްޑައުންކޮށް އޭނާ ސޮއިކޮށްފައި ހުރި ހުރިހާ ފިލްމެއްގެ މަސައްކަތް މެދުކަނޑާލާފައި އޮތުމުންނެވެ.
އަނަންދަކީ އިންޑިއާ އާއި އިނގިރޭސިވިލާތުގައި ވިޔަފާރި ކުރާ މީހެކެވެ.
ސޯނަމް އެނބުރި މުމްބާއީއަށް ރޭގެ ވަގުތެއްގައި ދިޔަ އިރު އެއާޕޯޓަށް މަރުހަބާ ކިޔަން ބައްޕަ އަނިއްލަ ކަޕޫރު ގޮސް ހުއްޓެވެ. އެހާގިނަ ދުވަސް ކޮށްފައި ދިމާވުމުން ސޯނަމް ވަގުތުން ބައްޕަ ފެނުމުން ރޯން ފަށާފައިވާއިރު އޭނާ ލައިގެން ހުރި ހެދުމާއި ހިނގި ގޮތުން ގިނަ ބަޔަކު ވަނީ ސޯނަމް ބަނޑުބޮޑު ކަމަށް ތުހުމަތުކޮށްފައި އެވެ.
ސޯނަމް ލައިގެން ހުރީ އިންޑިއަން ސްޓައިލްގެ ބަނޑު މައްޗަށް ދޫކޮށް ހުންނަ ހެދުމެކެވެ. އާންމުވި ވީޑިއޯ އާއި އެކު ސޯނަމް ބަނޑުބޮޑުކަމަށް ބުނާ އަޑު ވަނީ ގަދަވެފައި އެވެ. އެއްބަޔަކު ސޯޝަލް މީޑިއާގައި އެކަމާއި މެދު ސުވާލު އުފައްދަމުން ދާއިރު އަނެއް ބަޔަކު ބުނަނީ ބަލާބެލުމަށް އޭނާ ބަނޑުބޮޑުކަން ޔަގީންވާ ކަމަށެވެ.
https://www.instagram.com/p/CRR2K_OF0Bj/
މިކަމާއި ގުޅޭގޮތުން ސޯނަމް އަދި އެއްޗެއް ނުބުނެ އެވެ.
ސޯނަމް އެނބުރި މުމްބާއީއަށް ދިޔައީ އޭނާގެ ހުއްޓިފައި ހުރި ފިލްމުތަކުގެ މަސައްކަތްތައް ފެށުމަށެވެ. އެގޮތުން ސޯނަމްގެ ފިލްމު "ބްލައިންޑް" ގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް