އެސްޑީއެފްސީ އޮފީސް ފަޅާލައި ވައްކަންކޮށްފި

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ އެސްއެމްއީ ޑެވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން ޕވޓ ލޓޑގެ އޮފީސް ފަޅާލައި ވަށްކަންކުރި މައްސަަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. މި...

14 Jul 2021 | 05:03

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ އެސްއެމްއީ ޑެވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން ޕވޓ ލޓޑގެ އޮފީސް ފަޅާލައި ވަށްކަންކުރި މައްސަަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

މިއަދު ހެނދުނު ހިނގި މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ08:46 ހާއިރު ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ މީޑިއާ އޮފިޝަލް ވިދާޅުވެއެވެ. އަދި ސީންގައި ފުލުހުންގެ ބޭކަލުން ހަރަކާތްތެރިވާކަން އޭނާ ފާހަގަކުރިއެވެ.

އެތަން ފަޅާލައި ވަގަށް ނެގި ކޮން އެއްޗެއް ކަމެއް އަދި ސާފެއް ނުވެއެވެ.

އެސްޑީއެފްސީ އަކީ މިސަރުކާރުގެ އެއް ވަޢުދުކަމުގައިވާ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ފަސޭހައިން ލޯނު ލިބޭނެ މަގެއް ހަމަޖައްސަވައިދެއްވުމުގެ ގޮތުން ޤާއިމްކުރެވިފައިވާ ކުންފުންޏެކެވެ. މި ކުންފުނީގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި އަލަށް އުފައްދާ އަދި ކުރިއަރަމުން އަންނަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާނެ މާލީ އެހިތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތަފާތު އިޤްތިޞާދީ ދާއިރާތަކަށް އަމާޒުކޮށް ލުއިގޮތަކަށް ލިބޭނޭ ލޯނު ތައާރަފްކޮށް އެމަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިޔުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް