މެންބަރު އިލްހާމްގެ ކޮއްކޮއަކަށް ތޫނު އެއްޗަކުން ހަމަލާދީފި

ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ކޮއްކޮ ހުސައިން މައުރޫފަށް ތޫނު އެއްޗަކުން ހަމަލާދީފި އެވެ. މައުރޫފަކީ ކުރީގެ އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓަރެކެވެ. އޭނާއަށް ހަމަލާދީފައިވަނީ ރޭ 12:00 ހާއ...

14 Jul 2017 | 17:14

ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ކޮއްކޮ ހުސައިން މައުރޫފަށް ތޫނު އެއްޗަކުން ހަމަލާދީފި އެވެ.

މައުރޫފަކީ ކުރީގެ އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓަރެކެވެ. އޭނާއަށް ހަމަލާދީފައިވަނީ ރޭ 12:00 ހާއިރު ގެއިން ނިކުތް ވަގުތު ކަމަށެވެ.

އެއާއިލާއާއި ގާތް މީހަކު ބުނީ މިހަމަލާގައި މާބޮޑު ގެއްލުމެއް ނުލިބުނު ނަމަވެސް ހަށިގަނޑުގެ ބައެއް ތަންތަން ކަފައިގެން ގޮސްފައިވާ ކަމަށެވެ. އޭނާ ބުނީ ހަމަލާދޭން މަސައްކަތް ކުރީ މައުރޫފުގެ ކަރަށް ކަމަށެވެ. އެކަމަކު އަތް ދިއްކުރުމުން ސަލާމަތްވީ ކަމަށެވެ.

މައުރޫފާއި އިލްހާމްގެ އިތުރު ހަތަރު ކޮއްކޮ ވަނީ މިދިޔަ ހަފްތާގައި ސަރުކާރުގެ މަގާމުތަކުން ވަކިކޮށްފައި އެވެ. ވަކި ކުރީ އިލްހާމް ޕީޕީއެމްއިން ވަކިވެވަޑައިގެން އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގެންނެވުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް