އުރީދޫ އިން ވިލުފުއްޓަށް ސުޕަނެޓްގެ ހިދުމަތް ތައާރަފްކޮށްފި

އުރީދޫ މޯލްޑިވްސް އިން ތ. ވިލުފުއްޓަށް ސުޕަނެޓްގެ ހިދުމަތް ތައާރަފުކޮށްފި އެވެ. ރާއްޖޭގައި މިހާތަނަށް ފޯރުކޮށްދޭ އެންމެ ސްޕީޑް ބާރު އިންޓަނެޓް ޕެކޭޖާ އެކު، އުރީދޫން "ސުޕަނެޓް"ގެ ނަމުގައި ފިކްސްޑް ބްރޯ...

14 Jul 2017 | 15:51

އުރީދޫ މޯލްޑިވްސް އިން ތ. ވިލުފުއްޓަށް ސުޕަނެޓްގެ ހިދުމަތް ތައާރަފުކޮށްފި އެވެ.

ރާއްޖޭގައި މިހާތަނަށް ފޯރުކޮށްދޭ އެންމެ ސްޕީޑް ބާރު އިންޓަނެޓް ޕެކޭޖާ އެކު، އުރީދޫން "ސުޕަނެޓް"ގެ ނަމުގައި ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް ފެށީ މިދިޔަ އަހަރުގެ މެއި މަހު އެވެ.

އުރީދޫއިން ބުނީ ވިލުފުއްޓަށް ސުޕަނެޓް ހިދުމަތުގެ އިތުރުން 30 އެމްބީޕީއެސް އާއި ހަމައަށް ހަލުވި އިންޓަނެޓް ސްޕީޑު ފޯރުކޮށްދޭ ހާއްސަ ފައިބަ ބްރޯޑްބޭންޑް ޕެކޭޖުތަކެއް ތައާރަފްކޮށްފައި ވާ ކަމަށެވެ.

ހަލުވި ސްޕީޑުގައި ކޮންމެ ރައްޔިތަކަށްވެސް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރިޔަށް ގެންދާ މި މަޝްރޫއުގެ ދަށުން ވިލުފުށީގައި މި ހިދުމަތް  ނަގާ ފަރާތްތަކަށް ސެޓަޕް ފީ، ސެކިއުރިޓީ ޑިޕޮސިޓް، އެޑްވާންސްކޮށް ދައްކަންޖެހޭ މަހުފީ، އަދި ހިދުމަތް އަލުން ގުޅާލަދިނުމުގެ ފީ ނުނަގާ ގޮތަށް ވަނީ ނިންމާފައި އެވެ. އަދި 30 އެމްބީޕީއެސް އާއި ހަމައަށް ދޫކުރާ ހަލުވި އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭނީ އެންމެ ހެޔޮ އަގުގައި ކަމަށް އުރީދޫއިން ބުނެ އެވެ.

މި ހިދުމަތްތަކާއި ގުޅޭގޮތުން ކުންފުނީގެ ސީއީއޯ ނަޖީބު ހާން ވިދާޅުވީ ހަލުވި ސްޕީޑްގައި އިންޓަނެޓް ހިދުމަތް ގިނަ ބަޔަކަށް ފޯރުކޮށްދެވުމަކީ އުރީދޫއަށް ލިބޭ އުފަލެއް ކަމަށެވެ.

"އުރީދޫގެ ފައިބަ ބްރޯޑްބޭންޑްގެ ހިދުމަތް ވިލުފުއްޓަށް ތައާރަފްކޮށް، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް ހިދުމަތް މެދުވެރިކޮށް ހޯދޭ ގިނަ ފައިދާތަކާއި ވިލުފުށީގެ ރައްޔިތުން ގުޅުވާދެވުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. ދިވެހި ރައްޔިތުންނަށް އިގްތިސާދީ އަދި އިޖްތިމާއީ ކުރިއެރުން ހޯދައިދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މިފަދަ މަސައްކަތްތަށް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް ކުރަމުންދާނަން،" ނަޖީބް ޚާން ވިދާޅުވެފައިވެ އެވެ.

މިހިދުމަތްތައް އެ ރަށަށް ދޭން ފަށާފައިވަނީ އިއްޔެއިން ފެށިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް