ޖާރމަނީގެ ކުޑަ އަވަށަކަށް "ފައިސާގެ ވާރޭ" ވެހިއްޖެއެވެ. މިމަހުގެ 11 ވަނަ ދުވަހު ފައިސާގެ މި ވާރޭ ވެހިފައިވަނީ ގަހެއްގެ މަތީގައި ފޮރުވާފައި އޮތް ޕްލާސްޓިކް ކޮތަޅެއް ފަޅައިގެން ގޮސް އެ ކޮތަޅުގައި ހުރި ފައިސާތައް ފޭބުމުންއެވެ.
ދެ ގޮފިގަނޑުގެ މެދުގައި އޮތް ހޮޅިއެއްގައި އެލުވާލެވިފައިވާ މި ކޮތަޅުން ފައިސާ ފައިބަން ފެށީ ހޫނުގަދަ ވުމުގެ ސަބަބުން ހޮޅި ގުދުވެ ކޮތަޅު އައްސާފައިވާ ވާގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުންނެވެ. މިގަހުން ފައިސާ ފައިބާތަން ފެނިފައިވަނީ ކައިރިން ދިޔަ ބަޔަކަށެވެ. ހަބަރުތަކުން ބުނާ ގޮތުގައި ޔޫރޯގެ 50ގެ ނޫޓުން 200،000 ޑޮލަރަށް ވާ ވަރަށް ފައިސާ އެ ކޮތަޅުގައި ވެއެވެ.
މިގަސްހުރިބިމުގެ ވެރިފަރާތުންވަނީ އެފައިސާއަކީ އޭނާގެ އެއްޗެއްކަމަށް ބުނެފައެވެ. ފުލުހުން މިހާރުވަނީ މި ފައިސާގެ ވެރި ފަރާތެއް ހޯދުމުގެ މަސައްކަތް ފަށާފައެވެ.އަދި ހަމަސް ދުވަހުގެ ތެރޭގައި މިފައިސާގެ ވެރި ފަރާތުން ފައިސާއާ ހަވާލު ނުވެއްޖެނަމަ މިފައިސާ ހޮވި ފަރާތަށް އެފައިސާ މިލްކުވާނެކަމަށް ފުލުހުން ވަނީބުނެފައެވެ.
މީގެ ހަފްތާއެއްކުރިން އެސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާއަކާ މިފައިސާއާ ގުޅުމެއްވާކަމަށް ވަނީލަފާކުރެވިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް