އެންތްރެކްސް ފައްކާކުރާކަން ސާބިތުކޮށްދޭން އެމެރިކާގެ ކޮންގްރެސްއަށް ދައުވަތު އަރުވަން: އުތުރު ކޮރެއާ

އުތުރު ކޮރެއާއިން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ހުރިހާ މެންބަރުން އެގައުމަށް އައުމަށް ދައުވަތުދީފިއެވެ. އުތުރު ކޮރެއާއިން މިދައުވަތު ދީފައިވަނީ އެގައުމުގެ ޕްޔޯންގްޔޯންގް އަވަށުގައި ހުރި ބަޔޯ އިންސ...

14 Jul 2015 | 17:03

އުތުރު ކޮރެއާއިން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ހުރިހާ މެންބަރުން އެގައުމަށް އައުމަށް ދައުވަތުދީފިއެވެ.

އުތުރު ކޮރެއާއިން މިދައުވަތު ދީފައިވަނީ އެގައުމުގެ ޕްޔޯންގްޔޯންގް އަވަށުގައި ހުރި ބަޔޯ އިންސްޓިޓިޔުޓެއްގައި ކެމިކަލް ހަތިޔާރެއްކަމުގައިވާ "އެންތްރެކްސް" އުފައްދާކަމަށް އެމެރިކާއިން ތުހުމަތު ކުރުމުންނެވެ. މިތުހުމަތުތައް ކޮށްފައިމިވަނީ މިދިޔަ ހަފްތާގައި އެގައުމުގެ ލީޑަރ، ކިމް ޖޮން އުން މިކާރުހާނާއަށް ޒިޔާރަތްކުރައްވާ އެތަން ބައްލަވާލައްވާފައިވަނިކޮށެވެ. މިޒިޔާރަތުގެ ފޮޓޯތައް ވަނީ އެގައުމުގެ ގައުމީ މީޑީއާއިން އާންމުކޮށްފައެވެ.

އެގައުމުގެ ވަރުގަދަ ޑިފެންސް ކޮމިޝަންގެ ސްޕޯކްސްމަން އެއް އެމެރިކާގެ މިތުހުމަތަށް ރައްދުދެމުން ބުނެފައިވަނީ އެ ކާރުހާނާއަކީ ހަމައެކަނި ސޫފިމަރާ ބޭސް އުފެއްދުމަށް ބެނުންކުރާ ތަނެއްކަމުގަޔާއި މިކާރުހާނާއި މެދު ތުހުމަތުތައް ކުރާ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ހުރިހާ އެންމެން ވަގުތުން ވަގުތައް އައިސް އެތަން ޗެކްކުރުމަށް ދައުވަތު އަރުވާ ކަމަށެވެ.

މީގެ ކުރިން ދެކުނު ކޮރެއާއިން ވެސް ވަނީ އުތުރު ކޮރެއާގައި ކެމިކަލް ހަތިޔާރު އުފައްދާކަމަށް ތުހުމަތުކޮށްފައެވެ. ދެކުނު ކޮރެއާއިން ބުނެފައިވަނީ އުތުރު ކޮރެއާއިން ، ކެމިކަލް ހަތިޔާރުގެ ދެބާވަތެއްކަމުގައިވާ "އެންތްރެކްސް" އާއި "ސްމޯލް ޕޮކްސް" އުފައްދާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް