ހުޅުމާލޭގައި ކާރަކާއި ސައިކަލެއްޖެހި އެކްސިޑެންޓެއް ހިނގައިފި

ހުޅުމާލޭގައި ކާރަކާއި ސައިކަލެއްޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 21:10 ހާއިރު ހުޅުމާލޭ މައި ކޮލެޖް...

14 Jul 2015 | 16:39

ހުޅުމާލޭގައި ކާރަކާއި ސައިކަލެއްޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 21:10 ހާއިރު ހުޅުމާލޭ މައި ކޮލެޖް ހުންނަ ސަރަހައްދުން ކަމަށެވެ.

އޮފިޝަލް ވިދާޅުވީ މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ސައިކަލް ދުއްވަން އިން މީހާއަށް އަނިޔާވެ ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައި  ވާކަމަށެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ހުޅުމާލޭ ހޮސްޕިޓަލްގެ ޑިރެކްޓަރު އަހުމަދު ޝާކިރު ވިދާޅުވީ އެކްސިޑެންޓްގައި އަނިޔާވެގެން ގެންދިޔައީ 25 އަހަރުގެ ޒުވާނެއް ކަމަށާއި އެ ޒުވާނާއަށް ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައި ވާކަމަށެވެ. އެ ޒުވާނާއަށް މާ ބޮޑު އަނިޔާއެއް ނުވާކަމަށްވެސް ޝާކިރު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް