ހަށިވިއްކުވި މައްސަލައިގާ އިތުރު އަންހެނަކާއި ތިން ފިރިހެނަކު ހައްޔަރުކޮށްފި

ފުވައްމުލަކުގައި ކުޑަކުދިންތަކަކަށް މަސްތުވާތަކެތިދީ އެކުދިން ބްލެކްމެއިލްކޮށް ހަށިވިއްކުވި މައްސަލައިގާ އިތުރު އަންހެނަކާއި ތިން ފިރިހެނަކު ހައްޔަރުކޮށްފި އެވެ. މި މީހުން ހައްޔަރުކުރުމާއެކު މި މައްސަ...

14 Jul 2015 | 16:24

ފުވައްމުލަކުގައި ކުޑަކުދިންތަކަކަށް މަސްތުވާތަކެތިދީ އެކުދިން ބްލެކްމެއިލްކޮށް ހަށިވިއްކުވި މައްސަލައިގާ އިތުރު އަންހެނަކާއި ތިން ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

މި މީހުން ހައްޔަރުކުރުމާއެކު މި މައްސަލައިގާ މިއަދު ހައްޔަރުކުރި މީހުންގެ އަދަދު ވަނީ ހަތަކަށް އަރާފައެވެ. މި މައްސަލައިގާ ޖުމްލަ ހައްޔަރުކުރި މީހުންގެ އަދަދު ވަނީ 20 އަށް އަރާފަ އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު ހަވީރު އަދި މިރޭ ހައްޔަކުރި ހަތަރު މީހުންގެ ތެރޭގައި ހިމެނެނީ 24 އަހަރުގެ އަންހެނަކާއި 18، 21، އަދި 28 އަހަރުގެ ތިން ފިރިހެނުން ކަމަށެވެ.

މި މައްސަލައިގާ މި ހަތަރު މީހުންގެ އިތުރުން މިއަދު ހައްޔަރުކޮށްފައިވަނީ ދެފިރިހެނުންނާއި ކުޑަ ކުއްޖެކެވެ.

މިމައްސަލައާއި ގުޅިގެން މިހާތަނަށް 20 މީހަކު ހައްޔަރުކޮށްފައިވާއިރު އޭގެ ތެރޭގައި ފުވައްމުލަކަށް ނިސްބަތްވާ މީހުންގެ އިތުރުން އެހެން ބައެއް ރަށްރަށުގެ މީހުންވެސް ތިބިކަމަށް ފުލުހުން ހާމަ ކުރެ އެވެ. މިމައްސަލާގައި މިހާތަނަށް ހައްޔަރުކޮށްފައިވާ 20 މީހުންނަކީވެސް ދިވެހިންނެވެ.

މި މައްސަލައާއި ގުޅިގެން ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްގެ ޚާއްޞަ ތަޙުޤީޤު ޓީމަކާއި ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ގުޅިގެން ދަނީ ހަރަކާތްތެރި ވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް