ނައިބުކަން ދެއްވާނީ ރައީސް، އެހެންމީހަކު އެއްޗެއް ބުނުމުގެ ޖާގައެއް ނެތް:ރައީސް މައުމޫން

ނައިބު ރައީސްކަން އަދީބަށް ދިނުމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމ ދެކޮޅު ހައްދަވާކަމަށްބުނެ މީޑިއާގައި ހަބަރު ފެތުރިގައިވާއިރު ނައިބުކަން ދެއްވާނީ ރައީސް ކަމަށާއި، އެހެންމީހަކު އެއްޗެއް ބ...

14 Jul 2015 | 11:40

ނައިބު ރައީސްކަން އަދީބަށް ދިނުމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމ ދެކޮޅު ހައްދަވާކަމަށްބުނެ މީޑިއާގައި ހަބަރު ފެތުރިގައިވާއިރު ނައިބުކަން ދެއްވާނީ ރައީސް ކަމަށާއި، އެހެންމީހަކު އެއްޗެއް ބުނުމުގެ ޖާގައެއް ނޯންނާނެކަމަށް ރައީސް މައުމޫން ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން މިހެން ވިދާޅުވީ ދެންމެ ކުރެއްވި ޓްވީޓެއްގަ އެވެ. އެ ޓްވީޓްގައި މައުމޫން ވިދާޅުވެފައިވަނީ "ޤާނޫނު އަސާސީގެ 122 ވަނަ މާއްދާ ބުނާގޮތުން، އެކަމަކީ ހަމައެކަނި ރައީސަށް އޮތް އިހުތިޔާރެއް ކަމަށާއި އެހެން މީހަކު އެއްޗެއް ބުނުމުގެ ޖާގައެއް ނެތް" ކަމަށެވެ.

https://twitter.com/maumoonagayoom/status/620918120383909888

މި ޓްވީޓްގެ އިތުރުން މިކަމާއި ގުޅޭ އިތުރު ޓްވީޓެއްވެސް މައުމޫން ވަނީ ކުރައްވާފަ އެވެ. އެ ޓްވީޓްގައި މައުމޫން ވިދާޅުވެފައިވަނީ އެއްވެސް ބޭފުޅަކަށް ނައިބު ރައީސްކަން ދެއްވުން އެދި ނުވަތަ ނުދެއްވުން އެދި ރައީސަށް އެސްއެމްއެސް ކޮށްފައި ނުވާނެ ކަމަށެވެ.

https://twitter.com/maumoonagayoom/status/620917165273817088

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް