މޯލްޑިވްސް އޯޕަން ސެޕްޓެމްބަރު މަހު ބާއްވާގޮތަށް ނިންމައިފި

ދެވަނަ މޯލްޑިވްސް އޯޕަން ބޮޑީބޯޑިން އެންޑް ސާފިން މުބާރާތް ސެޕްޓެމްބަރު މަހު ބާއްވާގޮތަށް ނިންމައިފި އެވެ. ބޮޑީބޯޑިންގ އެސޯސިއޭޝަނާއި އޭޝިއަން ސާފިން ޗެމްޕިއަންޝިޕްސް (އޭއެސްސީ) އަދި ޓޫރިޒަމް މިނިސްޓް...

14 Jul 2015 | 11:20

ދެވަނަ މޯލްޑިވްސް އޯޕަން ބޮޑީބޯޑިން އެންޑް ސާފިން މުބާރާތް ސެޕްޓެމްބަރު މަހު ބާއްވާގޮތަށް ނިންމައިފި އެވެ.

ބޮޑީބޯޑިންގ އެސޯސިއޭޝަނާއި އޭޝިއަން ސާފިން ޗެމްޕިއަންޝިޕްސް (އޭއެސްސީ) އަދި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ބާއްވާ މިމުބާރާތް ކުރިއަށްދަނީ ސެޕްޓެމްބަރު 13 އިން 16 ގެ ނިޔަލަށް އަދާރަން ހުދުރަންފުށި ރިސޯޓްގައެވެ.

ގިނަ ގައުމުތަކެއްގެ ބައިނަލްއަގުވާމީ ރާޅާއެޅުންތެރިންނާއި ބޮޑީބޯޑަރުން ވާދަކުރާ މިމުބާރާތުގައި ކުރިއަށްދާނީ ފިރިހެނުންގެ ޝޯޓް ބޯޑް ޑިވިޝަނާއި ބޮޑީބޯޑިންގ އޯޕަން ޑިވިޝަން އަދި އަންހެނުންގެ ޝޯޓް ބޯޑް ޑިވިޝަނެވެ.

މިދިޔަ އަހަރު ކުރިއަށްދިޔަ މިމުބާރާތުގައި ރާއްޖޭގެ ރާޅާއެޅުންތެރިން އަދި ބޮޑީބޯޑަރުންގެ ފަރާތުން ގިނަ ކުރިއެރުންތަކެއް ފެނިގެންދިޔައެވެ. އެގޮތުން ފިރިހެނުންގެ ޝޯޓް ބޯޑް ކެޓަގަރީގެ ފައިނަލުގައި ރާއްޖޭގެ އެއްވަނަ ރާޅާ އެޅުންތެރިއާ ހުސެއިން އަރީފް (އިބޫ) ބަލިވެފައިވަނީ އިންޑޮނީޝިއާގެ ގަރުތު ވިޑިއާރްތާ އަތުންނެވެ. އަދި ރާއްޖޭގެ އެއްވަނަ ބޮޑީބޯޑަރު އަލީ ހުޝްރުވާން އަހުމަދު (ކުޑައައްޔަ) އެމުބާރާތުގެ ބޮޑީބޯޑިންގ އިވެންޓުގެ ދެވަނަ ހޯދިއިރު، އެ އިވެންޓްގެ ތިންވަނަ ހޯދީ ރާއްޖޭގެ އަލީ ޝާމް ރާފިއު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް