ނިއުކްލިއާ މައްސަލައިގާ އީރާނުން ތާރީހީ އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.
12 އަހަރުވީ މި މައްސަލައިގައި އެއްބަސްވުމަކަށް އާދެވިފައިމިވަނީ ޕީ5 + 1 ގައުމުތަކުގެ ހާރިޖީ ވަޒީރުންގެ މެދުގައި ، ހުއްޓުމެއްނެތި 18 ދުވަސްވަންދެން ކުރެވުނު މަޝްވަރާތަކައްފަހުގައެވެ. އީރާނާއިއެކު ބޭއްވި މި މަޝްވަރާތަކުގައި ބައިވެރިވި ގައުމުތަކަކީ އެމެރިކާ، ޔޫކޭ، ފްރާންސް، ޗައިނާ، ރަޝިޔާގެ އިތުރުން ޖަރުމަނެވެ.
އެއްބަސްވެވިފައިވާ މުހިންމުކަންކަމުގެ ތެރޭގައި އިރާންގެ އަސްކަރީ މަރުކަޒުތައް އަދި ޝައްކު ކުރެވޭ ތަންތަން ބަލާ ފާސްކުރެވޭނެ ގޮތް އީރާންއިން އައި.އީ.އޭ.އީ އަށް ހަމަޖައްސައިދިނުމާއި އީރާންއަށް ނިއުކްލިޔާ ހަކަތަ އުފެއްދޭނެ ވަކި މިންގަނޑުތަކެއްކަނޑައެޅުން ހިމެނެއެވެ. ބަދަލެއްގެ ގޮތުގައި އީރާންއާއި ދެކޮޅަށް ގައުމުތަކުން އަޅާފައިވާ ވިޔަފާރީގެ އަދި ތެލުގެ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނެއެވެ.
އީރާންގެ ނިއުކްލިޔާ މައްސަލާގައި އެއްބަސްވުމަކަށް އާދެވިފައި ވީނަމަވެސް މި އެއްބަސްވުން ހުއްޓުވާނެކަމަށްބުނެ އިސްރާއީލްއިންވަނީ ކަންބޮޑުވުންތައް ފާޅުކޮށްފައެވެ. މިގޮތުން އިސްރާއީލްގެ ބޮޑުވަޒީރު، ނަތަންޔާހޫ ބުނެފައިވަނީ އީރާން އަންނަނީ އައިއެސް އަށްވުރެ ވެސް ނުރައްކާ ބޮޑުވަމުން ކަމުގަޔާއި އިރާންގެ ހަގީގީ މަގުސަދަކީ މުޅި ދުނިޔެ ހިފުންކަމުގައެވެ. މީގެ އިތުރުން އިސްރާއީލްގެ ޑިފެންސް މިނިސްޓަރ ވިދާޅުވެފައިވަނީ މި އެއްބަސްވުން ގޯހުން ގޯހަށް ގޮސްފިނަމަ އިސްރާއީލް ޖެހޭނީ އަމިއްލައަށް ދިފާއުވާންކަމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް