މަސްތުވާތަކެތިދީ ހަށިވިއްކުވައި ބްލެކް މެއިލް ކުރަމުންދިޔަ މައްސަލާގައި ކުޑަ ކުއްޖަކު ހައްޔަރު ކޮށްފި

ކުޑަކުދިންތަކަކަށް މަސްތުވާތަކެތިދީ، ގިނަ ބަޔަކު ބައިވެރިވެގެން، ފުޅާ ދާއިރާއެއްގައި ފައިސާއަށް ހަށި ވިއްކުވައި، ބްލެކް މެއިލް ކުރަމުންދިޔަ މައްސަލާގައި ފުވައްމުލަކުން ކުޑަ ކުއްޖަކު ހައްޔަރު ކޮށްފިއެވ...

14 Jul 2015 | 10:25

ކުޑަކުދިންތަކަކަށް މަސްތުވާތަކެތިދީ، ގިނަ ބަޔަކު ބައިވެރިވެގެން، ފުޅާ ދާއިރާއެއްގައި ފައިސާއަށް ހަށި ވިއްކުވައި، ބްލެކް މެއިލް ކުރަމުންދިޔަ މައްސަލާގައި ފުވައްމުލަކުން ކުޑަ ކުއްޖަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލައާއި ގުޅިގެން މިއަދު  ފުވައްމުލަކުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައި ވަނީ 17 އަހަރުގެ ފިރިހެން ކުއްޖެކެވެ.

ފުލުހުން މަޢުލޫމާތުދޭ ގޮތުގައި މިމައްސަލައާ ގުޅިގެން މިހާތަނަށް 14 ފިރިހެނަކާއި އަންހެނެއްގެ އިތުރުން ކުޑަކުއްޖަކު ހައްޔަރު ކޮށްފައިވާއިރު އޭގެ ތެރޭގައި ފުވައްމުލަކަށް ނިސްބަތްވާ މީހުންގެ އިތުރުން އެހެން ބައެއް ރަށްރަށުގެ މީހުންވެސް ހައްޔަރުކޮށްފައި ވާކަމަށާއި، ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްގެ ޚާއްޞަ ތަޙުޤީޤު ޓީމަކާއި ފުވައްމުލަކު ޕޮލިސް ސްޓޭޝަން ގުޅިގެން މި މައްސަަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް