އަދާލަތު ޕާޓީގެ ހާރިޖީ ކޮމިޓީގެ ރައީސް ކަމުން، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އަދާލަތު ޕާޓީއަށް ޝަހީމް ފޮނުއްވި އިސްތިއުފާ ސިޓީގައި ވިދާޅުވެފައިވަނީ އެ މަގާމުން އިސްތިއުފާ ދެއްވީ އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލާ ކަމަށް އައްޔަން ކުރުމާ ގުޅިގެން ގާނޫނުގައިވާ ގޮތުގެ މަތިން ކަމަށެވެ.
އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލާކަމަށް ޝަހީމް އައްޔަން ކުރަައްވާފައިވަނީ އިއްޔެ އެވެ. އެ މަގާމަށް އައްޔަން ކުރުމުން ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެ މަގާމާ ހަވާލުވީ ދީނާއި ދަރިވަރުންނަށްޓަކައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް