ނައިބު ރައީސް ޖަމީލާއި އެމްޑީޕީގެ ޗެއާޕާސަން ބައްދަލު ކުރައްވައިފި

ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާއި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ލަންޑަނުގައި ބައްދަލު ކުރައްވައިފިއެވެ. އެނގިފައިވާގޮތުގައި ނައިބު ރައީސް ޖަމީލާއި އެމްޑީޕީގެ ޗެއާޕާސަންގެ ބައްދަލުވުން...

14 Jul 2015 | 07:02

ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާއި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ލަންޑަނުގައި ބައްދަލު ކުރައްވައިފިއެވެ.

އެނގިފައިވާގޮތުގައި ނައިބު ރައީސް ޖަމީލާއި އެމްޑީޕީގެ ޗެއާޕާސަންގެ ބައްދަލުވުން ބާއްވާފައިވަނީ މިދިޔަ ހަފުތާ ތެރޭގައެވެ.

އަލީ ވަހީދާއި ނައިބު ރައީސް ޖަމީލު ބައްދަލު ކުރައްވާފައިވާއިރު ރައީސް ކަމަށާއި ނައިބް ރައީސް ކަމަށް ކުރިމަތިލެވޭ އުމުރު ބަދަލުކޮށް ގާނުނު އަސާސީއަށް އިސްލާހު ގެނެސް އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެރިކަން ކުރަ ޕީޕީއެމްއިން ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.

ވެރިކަން ކުރަ ޕީޕީއެމްއިން ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ، ޒިންމާ އަދާނުކުރުމާއި ވެރިކަމަށް އައުމަށް އިދިކޮޅު ފަރާތްތަކާ އެކު ރޭވުންތަކެއް ރޭވި ކަމުގެ ތުހުމަތުގައާއި ސަރުކާރު ދިފާއު ކުރުމަށް ނައިބު ރައީސް ޖަމީލު މަސައްކަތް ނުކުރައްވާ ކަމަށް ބުނެއެވެ.

އިތުބާރު ނެތްކަމުގެ މައްސަލާގައި ލިޔުމުން ޖަވާބުދާރީވާން ޖަމީލު ނިންމަވާފައިވާއިރު އެމަނިކުފާނު ވަނީ މަގާމުން ދުރުކުރުމަށް ރާއްޖޭގައި ކުރަމުންދަނީ ގާނޫނީ ބަގާވާތެއް ކަމަށް ވިދާޅުވެ އެކަން ހުއްޓުވައިދިނުމަށް ބޭރުގެ ފަރާތްތަކަށް ނައިބު ރައީސް ޖަމީލް ގޮވާލައްވާފައެވެ.

ޖަމީލު ލަންޑަނަށް ވަޑައިގެންނެވީ މަގާމުން ދުރުކުރަން އުޅޭ ކަމުގެ ވާހަކަތަކެއް ފެތުރިފައިވަނިކޮށް ރައީސް އަބްދުﷲ ޔާމީނުގެ ހުއްދަޔާއި އެކު ބޭސްފަރުވާއަކަށް ލަންކާ އަށް ވަޑައިގަން ހުންނެވުމަށްފަހުއެވެ.

ޖަމީލު ލަންޑަނަށް ވަޑައިގެންނެވި އިރުވެސް ޓެރަރިޒަމްގެ ދައުވާގެ ބިރުގައި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދާއި، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމުގެ އިތުރުން ޖުމްހޫރީ ޕާޓީގެ އެގްޒެކެޓިވްސްޓާފެއް ކަމަށްވާ ސޮބާހު ރަޝީދު ވެސް ހުންނެވީ ލަންޑަނުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް