ތިން ރަށެއްގައި ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅުކުރުމަށް 2.5 މިލިއަން ރުފިޔާއަށް ބަޔަކާ ހަވާލުކޮށްފިއެެވެ.
މިކަމުގެ މަޢުލޫމާތު ދެއްވުމަށް ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ހަވާލުކޮށްފައިވަނީ ޅ. ކުރެންދޫ ސިއްހީ މަރުކަޒު، އދ. އޮމަދޫ ސިއްހީ މަރުކަޒު މަރާމާތު ކުރުމާއި ތ. ބުރުނީ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ ނުނިމި ހުރި މަސައްކަތްތައް ކުރުމަށެވެ.
އެ އެއްބަސްވުންތަކުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް އެވެ.
ޅ. ކުރެންދޫއާއި އދ. އޮމަދޫ ސިއްހީ މަރުކަޒު މަރާތު ކުރަން ހަވާލު ކޮށްފައިވަނީ ވެހިކޮން ބިލްޑާޒް ޕްރައިވެޓް ލިމިޓެޑާއެވެ. ކުރެންދޫ ސިއްހީ މަރުކަޒުގެ މަސައްކަތްތައް 70 ދުވަސް ތެރޭގައި ނިންމަން ހަވާލުކޮށްފައިވަނީ 374975 ރުފިޔާ އަށެވެ. އަދި އޮމަދޫ ސިއްހީ މަރުކަޒުގެ މަސައްކަތްތައްވެސް 70 ދުވަސް ތެރޭގައި ނިންމަންޖެހޭއިރު، އެ މަރުކަޒުގެ މަސައްކަތްތައް ހަވާލުކޮށްފައިވަނީ 290190.90 ރުފިޔާއަށެވެ. އަދި
ބުރުނީ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ ނުނިމި ހުރި މަސައްކަތްތައް 125 ދުވަސްތެރޭގައި ނިންމުމަށް އިންޓާލޮކް ކޮންސްޓްރަކްޝަނާއި ހަވާލުކޮށްފައިވަނީ ޖުމްލަ 1400164.15 ރުފިޔާއަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް