މަޝްހޫރު ލަވަކުޔުންތެރިޔާ އަދި ވިޔަފާރިވެރިޔާ 50 ސެންޓް ބަނގުރޫޓުވެފައިވާކަން ނިންމުމަށް އޫއެސް ބޭންކްރުޕްސި ކޯޓަށް އޭނާ މައްސަލަހުށައަޅައިފިއެވެ.
އޭނާގެ މިލްކިއްޔާތު މިދިޔަ މޭމަހުގައި $155 މިލިއަނުގައި ހުރިކަމަށް އަންދާޒާ ކުރެވިފައިވީނަމަވެސް އޭނަ ކޯޓަށް ހުށައެޅި މައްސަލައިގައި އޭނާގެ އަތުގައި ހުރި މުދަލާއި ދަރަނި ވަނީ $10 މިލިއަނާއި $50 މިލިއަނާއި ދެމެދުކަމަށް ބުނެފައެވެ.
މިމަހުގެ ކުރީކޮޅުގައި 50 ސެންޓް، އަސްލު ނަމުންނަމަ ކާޓިސް ޖޭމްސް ޖެކްސަން 2 ގެ މައްޗައް ވަނީ އެނާގެ ކުރީގެ ލޯބިވެރިޔާގެ ބަރަހަނާ ވީޑީއޯއެއް ލީކުކޮއްލުމާއި ގުޅިގެން $5 މިލިއަން ޑޮލަރު ބަދަލުގެ ގޮތުގައި ދިނުމަށް ހުކުމް ކޮށްފައެވެ.
އޭނަގެ "ގެޓް ރިޗް އޯ ޑައި ޓްރައިން" ގެ އަލްބަމުން މައްޟޫރުކަން ހޯދި ކުޅަދާނަ ފައްނާނު ވަނީ ގިނަ ވިޔަފާރިތަކަކަށްވެސް އިންވެސްޓްކޮށްފައެވެ. މިގޮތުންން ބަނގުރާވިއްކުމާއި ، ހެޑްފޯންގެ ވިޔަފާރީގެ އިތުރުން އަންނައުނުގެ ވިޔަފާރިވެސް 50 ސެންޓް ވަނީ ކޮށްފައެވެ. މީގެ ކުރިން 50 ސެންޓް ވަނީ ފެން ވިއްކައިގެން 100 މިލިއަން ޑޮލަރު ފައިދާގެ ގޮތުގައި ހޯދާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް