ބަގްދާދުގައި 23 މީހަކު މަރުވި ހަމަލާގެ ޒިންމާ އައިއެސް އިން އުފުލައިފި

ބަގްދާދަށް އިއްޔެ ދިން ބޮމުގެ ހަމަލާއެއްގައި 23 މީހަކު މަރުވެފައިވާއިރު އެ ހަމަލާގެ ޒިންމާ އައިއެސް ޖަމާއަތުން އުފުލައިފި އެވެ. ސޯޝަލް މީޑިއާގައި އައިއެސްއިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނ...

14 Jul 2015 | 04:43

ބަގްދާދަށް އިއްޔެ ދިން ބޮމުގެ ހަމަލާއެއްގައި 23 މީހަކު މަރުވެފައިވާއިރު އެ ހަމަލާގެ ޒިންމާ އައިއެސް ޖަމާއަތުން އުފުލައިފި އެވެ.

ސޯޝަލް މީޑިއާގައި އައިއެސްއިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ ބަގްދާދުގެ އެކި ސަރަހައްދުތަކުގައި ބޮމުގެ ހަމަލާދީ އެ ހަމަލާތަކުގައި 23 މީހަކު މަރުވެ 68 މީހަކު ޒަހަމްވެފައިވާއިރު އެ ހަމަލާތަކަކީ އައިއެސްއިން ދުރާލާ ރާވައިގެން ދީފައިވާ ހަމަލާތަކެއް ކަމަށެވެ.

ޝިޢައީން އުޅޭ ސަރަހައްދުތަކަށް އަމާޒުކޮށް ދިން އެ ހަމަލާތަކަކީ މި ރޯދަމަހު އައިއެސްއިން ދިން މިފަދަ އެންމެ ނުރައްކާތެރި ހަމަލާތައް ކަމަށް ބަގްދާދު ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް