ޓްވިޓާގައި "މުއާ ފޯ ޓުއަރިޒަމް މިނިސްޓަރު"ގެ ނަމުގައި ހަދާފައިވާ އެކައުންޓަކުން ޓުއަރިޒަމް މިނިސްޓަރުކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ (ޓީވީ މުއާ) ގެނައުމަށް ކެމްޕޭން ކުރަމުން އަންނައިރު އެ ކެމްޕޭނާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށާއި އަބަދުވެސް ހުންނާނީ ރައީސް ޔާމީން ބެހެއްޓެވި ހިސާބެއްގައި ކަމަށް މުއާ ވިދާޅުވެއްޖެ އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން މުއާ ވިދާޅުވީ އެފަދަ ޓްވީޓްތަކެއް ފެނިފައިވާކަމަށާއި ނަމަވެސް އެކަމާ މުއާއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
"އަޅުގަނޑު އަބަދުވެސް ހުންނާނީ ރައީސް ޔާމީން ބެހެއްޓެވި ހިސާބެއްގަ، އަޅުގަނޑު މިހިސާބަށް ގެނެސްދެއްވީ ރައީސް ޔާމީން އާއި މެޑަމް ފާތުން" މުއާ ވިދާޅުވި އެވެ.
މުއާ އިތުރަށް ވިދާޅުވީ ރައީސް ޔާމީން އެޕޮއިންޓްކުރާ މަގާމަކަށް އެއްވެސް ފަރާތަކުން ކެމްޕޭން ކުރުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށެވެ.
https://twitter.com/Nadheem_Ibrahim/status/620340535111213056
ކެމްޕޭން ނުކުރައްވާކަމަށް މުއާ ވިދާޅުވެފައިވާއިރު ޓުއަރިޒަމް މިނިސްޓަރުކަމަށް އެންމެ އެކަށީގެންވާ ގާބިލު ބޭފުޅަކީ މުއާ ކަމަށްބުނެ ސޯޝަލް މީޑިއާގައި ބައެއް އެކައުންޓްތަކުން އަންނަނީ ކެމްޕޭން ކުރަމުންނެވެ. އެގޮތުން ރައީސް ޔާމީނާއެކު، ޓުއަރިޒަމް މިނިސްޓަރު އަދީބާއެކު، އަދި މެޑަމް ފާތުންއާއެކު މުއާ ނަގާފައިވާ ފޮޓޯތައް އެ ކެމްޕޭންތަކުގައި އަންނަނީ ބޭނުން ކުރަމުންނެވެ.
https://twitter.com/shiftu10/status/620351842166308864
ޓުއަރިޒަމް މިނިސްޓަރު ކަމަށް މުއާ ގެނައުމަށް ބަޔަކު ކެމްޕޭނެއް ފަށާފައިމިވަނީ ދާދި އަވަހަށް ޓުއަރިޒަމް މިނިސްޓަރުގެ މަގާމު ހުސްވާނެކަމުގައި ބެލެވެންފަށާފައި ވަނިކޮށެވެ. އިވޭ އަޑުތަކާއި ފެންނަ މަންޒަރުތަކަށް ބަލާއިރު ހުސްކޮށްލަން އުޅޭ ނައިބު ރައީސްގެ މަގާމަށް ޓުއަރިޒަމް މިނިސްޓަރު އަދީބު ގެނައުމަށް ގިނަ ބަޔަކު އަންނަނީ ކެމްޕޭން ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް