އިރާހުގެ ދާހިލީ ހަނގުރާމައިގާ މިހާތަނަށް 15،000 އާންމުން މަރުވެފައިވާކަމަށް އދ އިން އާންމުކުރި ރިޕޯޓެއްގައި ބުނެފި އެވެ.
އިރާގުގައި ހަރަކާތްތެރިވާ އދގެ ގޮފިން ނެރެފައިވާ އެ ރިޕޯޓްގައި ބުނާގޮތުން 15،000 މީހަކު މަރާލާފައިވާއިރު އެކި ހާދިސާތަކުގައި ޒަހަމްވެފައިވާ މީހުންގެ އަދަދު 30،000 އަށްވުރެ މަތިވާނެ އެވެ.
އެ ރިޕޯޓްގައި ބުނެފައިވަނީ ރިޕޯޓްގައިވާ ތަފާސް ހިސާބުތަކަކީ މިއަހަރުގެ އޭޕްރިލް މަހާ ހަމައަށް ރެކޯޑް ކުރެވިފައިވާ އަދަދުތައް ކަމަށާއި އެ އަދަދު މިހާރު ވަރަށް ބޮޑުތަން މަތިވާނެ ކަމުގައި ބެލެވޭ ކަމަށެވެ.
ދާހިލީ ހަނގުރާމަ ފެށިފައިވަނީ 2014 ވަނަ އަހަރު ކުރީކޮޅު އައިއެސްއިން އިރާގުގެ އަންބާރު ޕްރޮވިންސް ހިފުމާ ގުޅިގެންނެވެ. އެ މުއްދަތުންފެށިގެން ދާހިލީ ހަނގުރާމަ ކުރިއަށްދާއިރު މިހާތަނަށް އިރާގު ދޫކޮށް ހިޖުރަކޮށްފައިވާ މީހުންގެ އަދައި ތިން މިލިއަނަށްވުރެ ގިނަވާނެ ކަމަށްވެސް އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން އާ ހަވާލާދީ އދ ގެ ރިޕޯޓްގައި ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް