މިދިޔަ ހޯމަދުވަހު ސީރިޔާގެ ހަސާކާ ޕްރޮވިންސްގައި ދިންވައިގެ ހަމަލާއެއްގައި އައިއެސްގެ އިސް ދެ ލީޑަރަކު މަރުވެފައިވާކަމަށް ސީރިއަން އޮބްސަވޭޓޮރީ ފޮރ ހިއުމަން ރައިޓްސް އިން ރިޕޯޓްކޮށްފިއެވެ.
މި ޖަމިއްޔާއިން ބުނެފައިވާ ގޮތުގައި މަރުވެފައިވަނީ އިރާގުގެ މީހެއްކަމުގައިވާ އޮސާމާ އަލް އިރާގީއާއި ސީރިއާގެ މީހެއްކަމުގައިވާ އަމަރް އަލް ރަފްދާން އެވެ. މަރުވެފައިވާ ދެމީހުންއަކީވެސް އައިއެސް އިން "ގަވަރުނަރު" ގެ މަގާމު ދިފައިވާ ދެމީހުންއެވެ.
ވައިގެ މިހަމަލާދީފައިވަނީ އެމެރިކާއިން ހަދާފައިވާ ކޯލިޟަން ނުވަތަ ސީރިއާގެ އަޟްކަރިއްޔާއިން ކަމެއް ވަނީ ޔަގީން ނުވެފައެވެ. ހަސާކާ ޕްރޮވިންސްގައި ހަރަކާތްތެރިވަމުންދާ އައިއެސްގެ ވަރުގަދަ ލަޟްކަރާ ދެކޮޅަށް ސީރިއާގެ ގައުމީ އަސްކަރިއްޔާއާއި ސީރިއާގެ ކުރްދީންގެ ހަނގުރާމަވެރިންގެ އިތުރުން އެމެރިކާއިން ހަދާފައިވާ ކޯލިޟަންއިން ދަނީ ވަރުގަދަ ހަމަލާތަކެއްދެމުންއެވެ. ހަސާކާ އަކީ ތުރްކީއާއި އިރާގް ގެ ބޯޑަރާއި ޖެހިގެން އޮންނަ އަވަށެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް