ލާލޭ ޔޫތް އިންޓަނޭޟަނަލް ސުކޫލްއިން އިންތިޒާމުކޮށްގެން ވަރަށް ހާއްސަ ފޮތްކިޔުމުގެ މުބާރާތެއް އޮގަސްޓްމަހުގެ އެއްވަނަ ދުވަހު ބާއްވަން ހަމަޖައްސައިފިއެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޟަންގެ ތައުލީމީ ކަލަންޑަރުގައިވެސް ހިމަނައިގެން ކުރިއަށް ގެންދާ މި މުބާރާތް ބާއްވަނީ މަލޭގެ އަދި އަތޮޅުތަކުގެ ސުކޫލުތަކަށްވެސް ބައިވެރިވެވޭ ގޮތަށެވެ. މުބާރާތުގެ މަގުސަދަކީ ސާނަވީ އަދި މަތީ ސާނަވީ ތައުލީމު ހާސިލް ކުރަމުންދާ ދަރިވަރުންއަށް ރިވެތި ފަރުދުންގެ ކިބައިގައި ހުރި ރިވެރި އާދަތައް ދަސްކޮށްދީ، ދަރިވަރުން އަމިއްލަ ނަފްސަށް ކުރާ އިތުބާރު އިތުރުކޮށް ހަރުދަނާ މިންގަޑުތަކުގެ މުހިންމުކަން އެކުދިންއަށް އުނގަންނައިދުނުން ކަމަށް ލާލޭ ސްކޫލުން ބުނެ އެވެ.
"މި މުބާރާތައް ތައްޔާރުމުގެ ގޮތުން ތުރުކީގެ މަސްހޫރު އިލްމުވެރިއެއް ކަމުގައިވާ މޫސާ ކާޒިމް ގުލްކަރ ލިޔުއްވާފައިވާ ފޮތެއް ކަމުގައިވާ "ގޫޑް ކެރެކްޓާރ"، ގްރޭޑް 8 އިން 12 އާދެމެދުގެ ދަރިވަރުން އަންނަނީ ކިޔަވަމުން" ލާލޭއިން ބުނެ އެވެ.
ލާލޭ ސްކޫލުން ބުނީ އިސްލާމިކް މިނިސްޓްރީއިން ހުއްދަދީފައިވާ މިފޮތުގައި ވަނީ ކީރިތި ރަސޫލާ ގެ ހަޔާތްޕުޅުން އިބްރަތް ލިބިގަނެ ރިވެތި ޟަޙްޟިއްޔަތެއް ފަސޭހަކަމާއެކު ބިނާކުރާނެގޮތް ކަމަށާއި މުބާރާތުގައި ޖެހެނީ މިފޮތް ކިއުމަށްފަހު އިމްތިހާނުގައި ދީފައިވާ ސުވާލުތަކަށް ޖަވާބުދޭން ކަމަށެވެ. ނަމަވެސް މިފޮތުގައި ނުވާ މައުލޫތަކުން އެކުދިންގެ އަމިއްލައަށް ހޯދާފައިވާ މައުލޫމާތު ބޭނުންކޮށްގެންވެސް މުބާރާތުގައި ބައިވެރިވެވިދާނެ ކަމަށްވެސް ލާލޭއިން ބުނެ އެވެ.
އެގޮތުން ދީފައިވާ ބައެއް މައުލޫތަކުގެ ތެރޭގައި ހަރުދަނާ ޟަޙްޟިއްޔަތެއް ބިނާކުރުން، އާއިލީ އަދި އިޖްތިމާއީ ޒިންމާތައް، ރިވެރި ޟަޙްޟިއްޔަތެއް ބިނާކުރުމަށް ބެނުންވާ ކަންކަން، އިޖްތިމާއީ ދިރިއުޅުމުގައި ރިވެތި ޟަޙްޟިއްޔަތް ކުރިއެރުވުން، މުދައްރިސުންއާއި ދަރިވަރުންއާއި ދެމެދު އޮންނަންޖެހޭ ގުޅުން، އާއިލާ ހަރުދަނާކުމަށް މަސައްކަތްކުރުން ހިމެނެއެވެ. މުހިންމީ ފޮތް ނޫންކަމާއި ، މުހިންމީ އިސްލާމީ ރިވެރި އަހުލާގީ މިންގަނޑުތައްކަން ދެނެގަތުންކަން މި މުބާރާތް އިންތިޒާމްކުރާ ފަރާތުން ބުނެ އެވެ.
500 އާއި 5000 ރުފިޔާއާއި ދެމެދުގެ އިނާމްތައް ހުށައެޅިފައިވާ މިމުބާރާތުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުން އެކުދިންގެ ސްކޫލްތައް މެދުވެރިކޮށް ޖުލައި މަހުގެ 30 ވަނަ ދުވަހާ ހަމައަށް ރަޖިސްޓްރީވުމުގެ ފުރުސަތުވަނީ ހުޅުވާލާފައި ވާކަމަށާއި މުބާރާތުން ވަނަތަކަށް ދާ ދަރިވަރުން އިއުލާން ކުރާނީ އޮގަސްޓް މަހުގެ 20 ވަނަދުވަހު މިކަމަށް ބާއްވާ ހާއްސަ ހަފްލާއެއްގައި ކަމަށްވެސް ލާލޭއިން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް