ގައުމީ ޓީމަށް އޮސްޓްރިއާގައި ކުޅޭ ދިވެހި ކުޅުންތެރިޔަކު ނަގައިފި

ރިޔޫނިއަންގައި އަންނަ މަހު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފިރިހެން ފުޓްބޯޅަ ޓީމުގެ ސްކޮޑަށް އޮސްޓްރިއާގައި ކުޅެމުންއަންނަ ދިވެހި ކުޅުންތެރިޔަ ނ...

13 Jul 2015 | 19:07

ރިޔޫނިއަންގައި އަންނަ މަހު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފިރިހެން ފުޓްބޯޅަ ޓީމުގެ ސްކޮޑަށް އޮސްޓްރިއާގައި ކުޅެމުންއަންނަ ދިވެހި ކުޅުންތެރިޔަ ނަގައިފި އެވެ.

އުމުރުން 18 އަހަރުގެ މަނީއު ރައުފް ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 ވަނަ ދުވަހު އެވެ. އޭނާގެ ބައްޕައަކީ ދިވެއްސެކެވެ. އަދި މަންމައަކީ އޮސްޓްރިއާގެ ރައްޔިތެކެވެ.

ޕޮޕޯވް ބުނީ، ސްޕެއިންގައި ކުޅެމުންދާ ޒުވާން ކުޅުންތެރިއެއް ޓީމަށް ގެނައުމަށް މަސައްކަތްކުރި ނަމަވެސް، އޭނާގެ ނަން ޓީމުގައި ނުހިމެނުނީ އެ ކުޅުންތެރިޔާގެ އާއިލާއިން ގަބޫލުނުވުމުން ކަމަށެވެ.

ފިރިހެން ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުގައި 25 ކުޅުންތެރިން ހިމެނޭއިރު، އަންހެން ގައުމީ ފުޓްބޯޅަ ޓީމުގައި ހިމަނާފައިވަނީ 20 ކުޅުންތެރިންނެވެ.

ގައުމީ ފިރިހެން ޓީމަށް ނަގާފައިވާ ކުޅުންތެރިންގެ ތެރޭގައި އޮސްޓްރިއާގައި ދިރިއުޅެމުންދާ އަދި ޓްރެއިނިންގް ހަދަމުންދާ 18 އަހަރުގެ ކުޅުންތެރިޔަކު ހިމެނެއެވެ. އޭގެ އިތުރުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ 8 ކުޅުންތެރިޔަކާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ 7 ކުޅުންތެރިޔަކާއި ކްލަބު ވެލެންސިއާގެ ދެ ކުޅުންތެރިޔަކާއި، މަހިބަދޫ ސްޕޯޓްސް ކްލަބުގެ ދެ ކުޅުންތެރިޔަކާއި، ޓީސީ ސްޕޯޓްސް ކްލަބުގެ ދެ ކުޅުންތެރިޔަކާއި، ބީޖީ، އީގަލްސް، ވިކްޓަރީ ކޮންމެ ޓީމަކުން ކުޅުންތެރިޔެކެވެ.

ފިރިހެން ގައުމީ ޓީމަށް ނެގި ސްކޮޑުގައި ހިމެނޭ ކުޅުންތެރިން: ނިއު ރޭޑިއަންޓް – އަހްމަދު އަބްދުﷲ (ލިލީ)، މުހައްމަދު ސިފާން (ކުޑައްޓޭ)، އަލީ ފާސިރު (ސެންޓޭ)، ރިލްވާން ވަހީދު (ރިލޭ)، އަޝްއަދު އަލީ (އަޑުބަރޭ)، މުހައްމަދު ރަޝީދު (ހޮކޭ)، ހަމްޒާ މުހައްމަދު (ހަމްޕު)، ޝާފިއު އަހްމަދު (ޝާފީ)، މާޒިޔާ – މުހައްމަދު އުމައިރު، އަހްމަދު ނާޝިދު (ނާއްޓޭ)، މޫސާ ޔާމިން (ޔާމްބެ)، މުހައްމަދު އިރުފާން (އިރޭ)، އަލީ އަމްދާން (އެންޑީ)، އަހްމަދު އިމާޒް (އާއްކޮ)، އަސަދުﷲ އަބްދުﷲ (އަސައްކޮ)، ވެލެންސިއާ – އަކްރަމްް އަބްދުލްޤަނީ (އަކޫ)، އަހްމަދު އާތިފް (އާތި)، މަހިބަދޫ – ގާސިމް ސަމާމް، ސަމޫހް އަލީ، ޓީސީ – މުހައްމަދު އިމްރާން، ނާއިޒް ހަސަން، އީގަލްސް – އިސްމާއިލް އީސާ (މެސީ)، ބީޖީ – އިބްރާހިމް އިފްރާހް އަރީފް، ވިކްޓަރީ – ހުސަައިން ނިހާން، މަނީއު ރައޫފް (އޮސްޓްރިއާގައި ދިރިއުޅެމުންދާ އަދި ތަމްރީނު ހަދަމުންދާ އުމުރުން 18 އަހަރުގެ ކުޅުންތެރިޔާ)

އަންހެން ގައުމީ ޓީމަށް ނެގި ކުޅުންތެރިން: އައިމިނަތު ފަޒްލާ، އައިމިނަތު ޝާމިލާ، ޝިޔާނާ އަހްމަދު ޒުހައިރު، ފަދުވާ ޒާހިރު، މަރިޔަމް ރިފާ، އައިޝަތު ސަމާ، އަރީޒާ ރިޒާ، އައިމިނަތު އަޒީމާ، މަރިޔަމް މިރުފަތު، އައިމިނަތު ޒާހިޔާ، ސަތާނާ އަލީ، ހައްވާ ހަނީފާ، އައިޝަތު މާހިން، ފާތިމަތު ޒާހިރާ، ޝީނީޒް މުހައްމަދު، ސަންފާ އިބްރާހިމް ދީދީ، މާޔާ ހަސަން ރުޝްދީ، އައިމިނަތު ލީޒާ، އައިމިނަތު ޝިޔާނާ، އައިޝަތު އަބްދުލް ރައްޒާގް

އައިއޯއައިޖީގައި ފިރިހެން ގައުމީ ޓީމު އޮތީ ގްރޫޕް އޭގައެވެ. މި ގްރޫޕްގައި ރާއްޖެ ނުކުންނަން ޖެހޭނީ ޝީޝެލްސްއާއި، މަޔޯޓޭ އަދި މަޑަގަސްކާއާ ދެކޮޅަށެވެ. އަންހެން ޓީމު އޮތީ އަންހެން ބައިގެ ގްރޫޕް އޭގައެވެ. ގްރޫޕް ސްޓޭޖްގައި އަންހެން ޓީމު ނުކުންނަން ޖެހޭނީ މަޔޯޓޭ އަދި ޝީޝެލްސްއާ ދެކޮޅަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް