މިސައިލް ހަމަލާތަކުން އިސްރާއީލު ދިފާއުކުރުމަށް އެމެރިކާއިން ދަނީ އެހީތެރިވަމުން

ބަދަލު ހިފުމުގެ ގޮތުން އީރާނުން އިސްރާއީލަށް ދެމުންގެންދާ މިސައިލް ހަމަލާތަކުން އެގައުމު ދިފާއުކުރުމަށް އެމެރިކާއިން އެހީވަމުން ގެންދާކަމަށް އެމެރިކާގެ އެމެރިކާގެ އޮފިސަލަކު ބުނެފިއެވެ. ނަން ނުޖެހުމަށ...

14 Jun 2025 | 01:28

ބަދަލު ހިފުމުގެ ގޮތުން އީރާނުން އިސްރާއީލަށް ދެމުންގެންދާ މިސައިލް ހަމަލާތަކުން އެގައުމު ދިފާއުކުރުމަށް އެމެރިކާއިން އެހީވަމުން ގެންދާކަމަށް އެމެރިކާގެ އެމެރިކާގެ އޮފިސަލަކު ބުނެފިއެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް މީޑިޔާއާއި ވާހަކަ ދެއްކި މި އޮފިސަލު ބުނެފައިވާގޮތުގައި އެމެރިކާގެ ބިމުގެ ދިފާއީ ބާރުތަކުން ދަނީ އިސްރާއަށް އަމާޒުކުރަމުން ގެންދާ ހަމަލާތަކުން ރައްކާތެރުކުރުމަށް އެހީވަމުންނެވެ.

މީގެ ކުރިންވެސް އިސްރާއީލަށް އަމާޒު ކުރާ ވައިގެ ހަމަލާތަކުން ދިފާއުވުމަށް އެމެރިކާއިން އެހީތެރިވެދީފައިވެއެވެ. މިކަމުގައި އެގައުމުގެ ވައިގެ އަދި ކަނޑުގެ ބާރުތަކުންވެސް ބައިވެރިވެއެވެ.

އެމެރިކާއިން ބުނެފައިވަނީ އިސްރާއީލުން އީރާނަށް ދެމުން ގެންދާ ހަމަލާތަކުގައި އެމެރިކާއިން ބައިވެރިނުވާ ކަމަށާއި، އެމެރިކާގެ މަސްލަހަތުތަކަށް ހަމަލާ ނުދިނުމަށެވެ.

އިސްރާއީލުގެ އަސްކަރީ އެންމެ ބޮޑު ބައިވެރިޔަކީ އެމެރިކާއެވެ. އެމެރިކާއިން އިސްރާއީލުގެ އަސްކަރިއްޔާއަށް ހަތިޔާރާއި ފައިސާގެ އެހީ ފޯރުކޮށްދޭއިރު، އެމެރިކާގެ އަސްކަރީ ބާރުތަކުން އިސްރާއީލުގައި ގާއިމްވެ ތިބެއެވެ. އިސްރާއީލުން ހިންގާ އަސްކަރީ އޮޕަރޭޝަންތަކުގައި އަމަލީ ގޮތުންވެސް އެމެރިކާއިން ބައިވެރިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް