ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން އިސްރާއީލުން އީރާނަށް ދެމުންގެންދާ ހަމަލާތަކުގެ ރައްދެއްގެ ގޮތުގައި ދެވަނަ ބުރަކަށް އީރާނުން އިސްރާއީލަށް މިސައިލް ހަމަލާތަކެއް ދީފިއެވެ.
އީރާނުން އިސްރާއީލަށް ހަމަލާދެމުން ގެންދަނީ ދުރު ރާސްތާގެ ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން ކަމަށާއި، މިހަމަލާތަކުގައި މިހާތަނަށް އިސްރާއީލުގެ 7 މީހަކަށް އަނިޔާވެގެން، އެގައުމުގެ އިކިލޯވް ހޮސްޕިޓަލުގައި ފަރުވާ ދީފައިވާކަމަށް މީޑިޔާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
އީރާނުގެ ހަމަލާތަކުން ރައްކާތެރުވުމަށް އިސްރާއީލުގެ އަޔަން ޑޯމްއިން ދަނީ ބުރަކޮށް މަސައްކަތް ކުރަމުންނެވެ. މުޅި އިސްރާއީލުގައި ސައިރަން އަޅަމުން ދާއިރު ބާރުގަދަ ގޮވުންތަކުގެ އަޑު ޤުދުސް އިން ވަނީ އިވިފައެވެ. މިމަންޒަރުތައް މީޑިޔާތަކުން ދަނީ ދައްކަމުންނެވެ.
އީރާނުގެ ހަމަލާތަކުން ރައްކާތެރިވުމަށް ބޯމްބް ޝެލްޓާތަކަށް ވަނުމަށް އިސްެރާއީލުގެ ރައްޔިތުންނަށް އެގައުމުގެ އަސްކަރިއްޔާއިންވަނީ އަންގާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް