ބަންގްލަދޭޝްގައި ކޮކާ ކޯލާއިން ހެދި އިސްތިހާރެއް ހޫނުފެނަށް – އެންމެފަހުން ޑިލީޓް

ބަންގްލަދޭޝްގައި ކޮކާ ކޯލާއިން ހެދި އިސްތިހާރެއްގެ މައްސަލަ ވަރަށް ހޫނުވެއްޖެއެވެ. މި މަހުގެ ނުވަ ވަނަ ދުވަހު އާއްމުކުރި އެ ވީޑިއޯގައި ހެޔޮވަރު ވަރަކަށް ދާހިއްލާފައިހުރި މީހަކު ކުޑަ ފިހާރައެއް ކައިރިއ...

14 Jun 2024 | 15:52

ބަންގްލަދޭޝްގައި ކޮކާ ކޯލާއިން ހެދި އިސްތިހާރެއްގެ މައްސަލަ ވަރަށް ހޫނުވެއްޖެއެވެ.

މި މަހުގެ ނުވަ ވަނަ ދުވަހު އާއްމުކުރި އެ ވީޑިއޯގައި ހެޔޮވަރު ވަރަކަށް ދާހިއްލާފައިހުރި މީހަކު ކުޑަ ފިހާރައެއް ކައިރިއަށްގޮސް ފިނި އެއްޗެއް ބޯލަން ބޭނުންވެ އެ ވާހަކަ ސޭޓު ގާތުގައި ބުނެއެވެ. ކޯކެއް ދެންހެއްޔޭ ސޭޓު އެހުމުން ކަސްޓަމަރު ބުނަނީ ކޯކަކީ އެ ޤައުމުގެ އުފެއްދުމެއް ކަމަށެވެ. (ޤައުމުގެ ނަން ނުބުނެ އެ އިޝާރާތްކުރީ އިސްރާއީލަށެވެ)

ދެން ސޭޓު ބުނަނީ މައުލޫމާތު ރަނގަޅު ނޫން ކަމަށާއި ކޯކަކީ ފާއިތުވި 139 އަހަރު 190 ޤައުމެއްގައި ބޮމުން އަންނަ ބުއިމެއް ކަމަށާއި ފަލަޞްޠީނުގައި ކޯކު ފެކްޓަރީއެއްވެސް ހުންނަކަމަށެވެ.

މި އިސްތިހާރު ފުރަތަމަ އަޕްލޯޑު ކުރުމުން ގިނަ ބަޔަކު ނުރުހުން ފާޅުކޮށް ކޮމެންޓު ކުރަން ފެށުމުން އިސްތިހާރު ޑިލީޓް ކޮށްލުމަށްފަހު ދެން އަޕްލޯޑުކުރީ ކޮމެންޓު ނުކުރެވޭގޮތް ހަދާފައެވެ. ފަހުން އިސްތިހާރު އަލުން ޑިލީޓު ކުރިއެވެ.

އެ އިސްތިހާރުގައި މުހިއްމު ދެ ރޯލު ކުޅެފައިވަނީ ބަންގްލަދޭޝްގެ މަޝްހޫރު ދެ ތަރިއެކެވެ. އެ ދެ ތަރިންވެސް ވަނީ ފަހުން އެކަމަށް އާންމުންގެ ކިބައިން މާފަށް އެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް