ޤައުމީ އެއާލައިން މޯލްޑިވިއަންއިން މި ޢީދާއި ދިމާކޮށް އަގުހެޔޮ ފެއާއެއް އިޢުލާނުކޮށްފިއެވެ.
އެގޮތުން މޯލްޑިވިއަން އިން ބުނެފައިވާގޮތުގައި އެތެރޭގެ އުދުހުންތަކުގެ ޓިކެޓުގެ އަގު މި މަހުގެ 24 އާއި ހަމައަށް ވިއްކާނީ ޚާއްޞަ ހެޔޮ އަގެއްގައެވެ.
މިއީ އަތޮޅުތެރޭގެ ރަށްތަކުން މާލެއަށް ދަތުރު ކުރާ ފަރާތްތަކަށް ދަތުރު ލުއި ފަސޭހަކޮށްދިނުމުގެ ގޮތުންކަމަށް ތަޢާރަފްކުރި ފެއާއެއް ކަމަށް މޯލްޑިވިއަންއިން ބުނެއެވެ.
އެގޮތުން މިމަހުގެ 13 އިން 16 އަށް މާލެ ދަތުރު ކުރާނަމަ ހެޔޮ އަގުގައި ޓިކެޓު ލިބޭނެ ކަމަށާއި އަދި ޖޫން 17 އިން 24 އަށް އަނބުރާ ރަށަށް ދާނަމަ މި ޕްރޮމޯޝަންގެ ތެރެއިން ޓިކެޓު ލިބޭނެ ކަމަށް ބުނެފައިވެއެވެ.
ފެއާގެ ދަށުން ޓިކެޓުގެ އަގުތައް:-
- ކޫއްޑޫއިން މާލެއަށް: 1،111 ރުފިޔާ
- މާފަރުން މާލެއަށް: 999 ރުފިޔާ
- މަޑިވަރުން މާލެއަށް: 949 ރުފިޔާ
- ކައްދޫއިން މާލެއަށް: 1،055 ރުފިޔާ
- ހަނިމާދޫއިން މާލެއަށް: 1،111 ރުފިޔާ
- ތިމަރަފުށިން މާލެއަށް: 1،111 ރުފިޔާ
- ފުނަދޫއިން މާލެއަށް: 1،055 ރުފިޔާ
- ފުވައްމުލަކުން މާލެއަށް: 1،155 ރުފިޔާ
- މާވަރުލުން މާލެއަށް: 1،133 ރުފިޔާ
- އިފުރުން މާލެއަށް: 999 ރުފިޔާ
- ހޯރަފުށިން މާލެއަށް: 1،133 ރުފިޔާ
- ގަމުން މާލެއަށް: 1،222 ރުފިޔާ
- ކާޑެއްދޫއިން މާލެއަށް: 1،333 ރުފިޔާ
- ފަރެސްމާތޮޑާއިން މާލެއަށް: 1،133 ރުފިޔާ
- ދަރަވަންދޫއިން މާލެއަށް: 749 ރުފިޔާ
މޯލްޑިވިއަން އިން އިތުރަށް ބުނެފައިވަނީ މި ޕްރޮމޯޝަންގެ ދަށުން މިހާރު ސީޓު ބުކް ކުރެވޭނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް