ޢީދު ފެން ޢީދަކަށް ނުވާނެކަމުގެ އުންމީދު

އާދީއްތަ ދުވަހު އަހަރެމެންނާ ބައްދަލުކުރާ އަޟްޙާ ޢީދު ފެން ޢީދަކަށް ނުވާނެކަމުގެ އުންމީދު މެޓުން ދީފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މި އުންމީދުދީފައިވަނީ ކުރިއަށް އޮތް ފަސް ދުވަހ...

14 Jun 2024 | 11:07

އާދީއްތަ ދުވަހު އަހަރެމެންނާ ބައްދަލުކުރާ އަޟްޙާ ޢީދު ފެން ޢީދަކަށް ނުވާނެކަމުގެ އުންމީދު މެޓުން ދީފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މި އުންމީދުދީފައިވަނީ ކުރިއަށް އޮތް ފަސް ދުވަހަށް މޫސުން ނިމުތުކޮށް އިއްޔެ ހާމަކުރި މޫސުމީ ބުލެޓިންގައެވެ.

އެގޮތުން މެޓުން ބުނެފައިވަނީ ޢީދު ދުވަހާއިއެކު، ކުރިއަށް އޮތް ފަސް ދުވަހުގެ މޫސުން ލަފާކުރެވޭ ގޮތުގައި ރާއްޖޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރިނަމަވެސް ދުވަހުގެ ބޮޑުބައިގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް މޫސުން ރަނގަޅުވާނެއެވެ.

ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު އަށް މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭތީ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެކަމަށް ބުނެފައިވެއެވެ. އަދި ރާޅުގެ އުސްމިންވެސް ހުންނާނަކަމަށް ލަފާކޮށްފައިވަނީ ތިން ފޫޓާއި ފަސް ފޫޓާއި ދެމެދުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް