މެލޭޝިޔާގެ މި ޙައްޖުވެރިޔާގެ އަންހެނުން ނިޔާވި ޚަބަރު ލިބުނީ ޠަވާފުކުރަން ހުއްޓާ

މެލޭޝިޔާގެ ދެމަފިރިން ކަމުގައިވާ އުމުރުން 38 އަހަރުގެ މޮހްދް އަޒްމިލް އަބްދުލް ހާނިދާއި އޭނާގެ އަންހެނުން، އުމުރުން 37 އަހަރުގެ ޒުރައިދާ މޮހްދް ހާރިސް ޙައްޖުގެ އަޅުކަމަށް ދިޔައީ އެކުގައެވެ. ޙައްޖަށް ގ...

14 Jun 2024 | 07:21

މެލޭޝިޔާގެ ދެމަފިރިން ކަމުގައިވާ އުމުރުން 38 އަހަރުގެ މޮހްދް އަޒްމިލް އަބްދުލް ހާނިދާއި އޭނާގެ އަންހެނުން، އުމުރުން 37 އަހަރުގެ ޒުރައިދާ މޮހްދް ހާރިސް ޙައްޖުގެ އަޅުކަމަށް ދިޔައީ އެކުގައެވެ.

ޙައްޖަށް ގޮސް އުޅުމުގެ ތެރޭގައި ޒުރައިދާ ހޭނެތުމުން ހޮސްޕިޓަލަށް ގެންދިޔައެވެ. އަދި އެއަށްފަހު ޒުރައިދާ އޮތީ ކޯމާއެއްގައެވެ.

ޑަކުޓަރުން އަޒްމިލް ގާތުގައި ބުނަމުންދިޔައީ ޒުރައިދާގެ ޙާލަތު އިތުރަށް ގޯސްވަމުން އަންނަ ކަމަށާއި ހިތާމަވެރި ޚަބަރެއް ލިބިދާނެކަމަށްވެސް ތައްޔާރަށް ހުރުމަށެވެ.

މީގެ ތިން ދުވަސް ކުރިން މިދިޔަ އަންގާރަ ދުވަހު ހޮސްޕިޓަލުން ވަގުތެއް ހޯދައިގެން އަޒްމިލް ދިޔައީ ގެފުޅުގެ ވަށައިގެން ޠަވާފެއް ކުރުމަށެވެ. ޠަވާފުގައި ހަތްވަނަ ބުރު ނިމުނުތަނާހެން އަޒްމިލް އަށް ލިބުނީ އޭނާގެ އަންހެނުން ދުނިޔެ ދޫކުރިކަމުގެ ހިތާމަވެރި ޚަބަރެވެ.

ނިޔާވި ޒުރައިދާއަކީ ޤުރްޢާން ޓީޗަރެކެވެ. ޙައްޖަށް ދިޔައިރުވެސް ޒުރައިދާ ދިޔައީ ބަލިމަޑުކަމެއް ތަޙައްމަލުކުރަމުން ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

12 އަހަރު ކުރިން އަޒްމިލް އާއި ޒުރައިދާ ކުރި ކައިވެންޏަށް އަންހެން ދަރިއަކު ލިބިފައިވެއެވެ. އެ ދަރިފުޅުގެ އުމުރަކީ ނުވަ އަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް