ދިވެހި ހުރިހާ ޙައްޖުވެރިން މިހާރު މިނާގައި

ދަންވަރު ފެށި ދަތުރާއެކު ދިވެހި ހުރިހާ ޙައްޖުވެރިން މިހާރު ތިބީ މިނާ ޓެންޓުތަކުގައި ކަމުގައި ދިވެހި ޙައްޖު މިޝަނުން ބުނެފިއެވެ. އެ މިޝަނުން ބުނެފައިވަނީ  ހުރިހާ ޙައްޖުވެރިންގެ ޙާލުވެސް އާންމުގޮތެއްގައ...

14 Jun 2024 | 06:36

ދަންވަރު ފެށި ދަތުރާއެކު ދިވެހި ހުރިހާ ޙައްޖުވެރިން މިހާރު ތިބީ މިނާ ޓެންޓުތަކުގައި ކަމުގައި ދިވެހި ޙައްޖު މިޝަނުން ބުނެފިއެވެ.

އެ މިޝަނުން ބުނެފައިވަނީ  ހުރިހާ ޙައްޖުވެރިންގެ ޙާލުވެސް އާންމުގޮތެއްގައި ރަނގަޅު ކަމަށެވެ.

ސަޢޫދީ ގަޑިން ދަންވަރު 01:30 ހާއިރު ދިވެހި ޙައްޖުވެރިން މިނާއަށް ދަތުރުފެށީ 24 ބަހެއްގައެވެ.

މިނާއަށް ދަތުރު ފެށުމުގެ ކުރިން، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެޑިކަލް ޓީމުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާ އެތެރެހަށީގެ ޚާއްސަ ޑޮކްޓަރ އިބްރާހީމް ޙަސަން ވިދާޅުވީ ޙައްޖުވެރިންގެ ޞިއްޙީ ހާލަތު އެވްރެޖްކޮށް ރަނގަޅު ކަމަށާއި މިވަގުތު ހޮސްޕިޓަލުގަ އެއްވެސް ޙައްޖުވެރިއަކު އެނދުމަތި ކުރެވިފައި ނެތް ކަމަށެވެ.

މި އަހަރު ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި 1150 ޙައްޖުވެރިއަކު ޙައްޖަށް ގޮސްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް