އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް އަޟްހާ އީދާއި ދިމާކޮށް ހާއްސަ އޮފާތަކެއް އުރީދޫއިން އިއުލާނުކޮށްފިއެވެ.
މި އުފާވެރި މުނާސަބަތުގައި މުވާސަލާތީ ގޮތުން އެންމެން ގުޅިފައި ތިބުމަކީ މުހިންމު ކަމެއް ކަމުގައި އުރީދޫއިން ދެކެމެވެ. އަޅުގަނޑުމެންގެ އެކްސްކްލޫސިވް އީދު ޕްރޮމޯޝަންތަކުގެ ތެރޭގައި ބޯނަސް ޑޭޓާ އޮފާ، ގިފްޓިން އޮޕްޝަންސް، އަދި ޕެކް އެކްޓިވޭޓްކޮށްގެން އަގުހުރި އިނާމު ލިބޭނެ ގޮތްތައްވެސް ހިމެނެއެވެ.
ބޯނަސް ޑޭޓާ އޮފާ ހާއްސަ އީދު ހަދިޔާއެއްގެ ގޮތުގައި އުރީދޫގެ ހުރިހާ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 350 ރުފިޔާ އާއި އެއަށްވުރެ މަތީގެ ޕެކްތައް އެކްޓިވޭޓްކުރުމުން 60 އިންސައްތަ އާހަމައަށް ބޯނަސް ޑޭޓާ ލިބިގެންދާނެއެވެ.
ގިފްޓް އަ ޕެކް އުރީދޫގެ ގިފްޓް އަ ޕެކް މެދުވެރިކޮށް ފޮނުވާ ޑޭޓާ ޕެކްތަކަށޤ އުރީދޫގެ ފަރާތުން އިތުރު 1 ޖީބީ ހިލޭ ލިބިގެންދާނެއެވެ. ރައްޓެހިންނާއި އާއިލާއަށް ހަދިޔާއެއްގެ ގޮތުގައި މި އީދުގައި ޑޭޓާ ޕެކްއެއް އުރީދޫ މެދުވެރިކޮށް ފޮނުވާލާށެވެ.
އެކްޓިވޭޓް އެންޑް ވިން ޕްރީޕެއެޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދާ އެކްޓިވޭޓް އެންޑް ވިން ޕްރޮމޯޝަނުގައި 500 ރުފިޔާ އާއި އެއަށްވުރެ މަތިން ޕެކެއް އެކްޓިވޭޓްކޮށް، އަގުހުރި އިނާމުތައް ލިބޭނެ. ނަސީބުވެރިން ހޮވޭނީ ގުރުއަތުންނެވެ.
އަޅުގަނޑުމެންގެ ބޮޑު ޗުއްޓީ ޕެކާއެކު މިޗުއްޓީގެ ހުރިހާ ވަގުތެއްގައިވެސް ރައްޓެހިންނާއި އާއިލާއާއެކު ހޭދަކުރެވޭނެއެވެ.
- 100 ޖީބީ ޑޭޓާ އާއި އުރީދޫ ނަންބަރުތަކަށް ހިލޭ ވޮއިސް ކޯލް 100 ރުފިޔާއަށް، 3 ދުވަހުގެ ވެލިޑިޓީއަކާއެކު.
- 100 ޖީބީ + 50 ޖީބީގެ ބޯނަސް ޑޭޓާ އާއި އުރީދޫ ނަންބަރުތަކަށް ހިލޭ ވޮއިސް ކޯލް 150 ރުފިޔާއަށް، 5 ދުވަހުގެ ވެލިޑިޓީއަކާ އެކު.
މި އަޟްހާ އީދަކީވެސް އުރީދޫގެ ކަސްޓަމަރުނަށް ރަގަޅު ފުރުސަތުތަކެއް މިވަނީ އިއުލާނުކުރެވިފައެވެ. މި އޮފަރތަކުގެ އިތުރު މައުލޫމާތު ހީދުމަށް އަދި އެކްޓިވޭޓް ކުރުމަށް އުރީދޫ ސުޕަރއެޕް ބޭނުންކުރައްވާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް