ޙައްޖު މޫސުން ފެށިގެން ކުރިއަށްދާއިރު ފަރުބަދަތައް ހިމެނޭ ބައެއް ސަރަހައްދުތަކުގައި އިހުސާސް ކުރެވޭ ހޫނުމިން 72 ޑިގްރީ ސެލްސިއަސް އަށް އުފުލިދާނެކަމުގައި ސަޢޫދީ އަރަބިއްޔާގެ ޞިއްޙަތާއިބެހޭ ވުޒާރާއިން ބުނެފިއެވެ.
އެގޮތުން އެ ވުޒާރާއިން ބުނެފައިވަނީ އަވީގެ ދިލަ ހޫނަށް ގިނަ އިރު ހުށަނޭޅޭނެހެން ސަމާލުވުމަށް އިލްތިމާސްކުރާކަމަށެވެ. މި އަހަރުގެ ޙައްޖުގެ އެންމެ ބޮޑު ގޮން ޖެހުމަކީ ގަދަ ހޫނުކަން އެ ވުޒާރާއިން ތަކުރާރުކޮށް ފާހަގަކޮށްފައިވެއެވެ.
އެ ވުޒާރާއިން އެދެނީ ހުރިހާ ވަގުތެއްގައިވެސް ކުޑަ ބޭނުންކުރުމަށެވެ. ދިމާ ސީދަލަށް އިރުގެ ދިލަ ހޫނަށް ހުށަނޭޅުމަށެވެ. އެކަށީގެންވާ މިންވަރަކަށް ފެން ބޮމުން ގެންދިއުމަށެވެ.
ހޫނު އެންމެ ގަދަވާނެކަމަށް ލަފާކޮށްފައިވަނީ ހެނދުނު 11:00 އިން މެންދުރުން އަނބުރާ 03:00 އާއި ދެމެދުގެ ވަގުތަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް