މި އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދިޔަ ޙައްޖުވެރިން މިނާއަށް ދަތުރު ފަށައިފިއެވެ.
މިކަމުގެ އެންމެ ފަހުގެ މަޢުލޫމާތުދެއްވަމުން ދިވެހި ޙައްޖު މިޝަންގެ މެންބަރ އަދި އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަޙްމަދު އަދީލް ވިދާޅުވީ ދިވެހި ޙައްޖުވެރިން ދަތުރުކުރާނީ 24 ބަހެއްގައި ކަމަށެވެ.
އިތުރު ތަފްސީލް ހިއްސާ ކުރައްވަމުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައްޝައިޚް ޢަލީ ޝަރީފް ވިދާޅުވީ ޙައްޖުވެރިން މިނާއަށް ދާންވާއިރު މިނާގައި ހުރިހާ އިންތިޒާމުތަކެއްވެސް ވަރަށް ފުރިހަމައަށް ހަމަޖެހިފައިވާކަމަށާއި ޙައްޖުވެރިންނަށް ވީހާވެސް ލުއިފަސޭހަވާނޭހެން ކަންކަން ރޭވި އިންތިޒާމު ކުރެވިފައިވާކަމަށެވެ.
https://www.facebook.com/hajjmissionmv/videos/388576270866343/?__cft__[0]=AZV8lH14Ps40mfeBZoFCn_F4QK2fcERZSnjjkuQbQHnSGTOjpgUvUkbjwMwmBaXiw7rI4Bn2SocvwLXfmUCMDBtK1r9aQ7dWWKfP65OB430L_xpIosi6jlQtrTDLpha5XfrDjtPzzmn3ldGbaXkGRM5J1Rqf4mMnsKaT23_6m03SN5ehsWulboS5C_lTagyxtKh0QJNMrZXT8oXl-gyUy7k7&__tn__=%2CO%2CP-R
“ފޭލިގެތަކުގައި ވާނީ ޖިޕްޝަން ބޯޑު ޖެހިފަ، ގޮދަޑި ބެޑު ހަދާދެވިފަވާނެ، އަމާޒަކީ މެންދުރުކުރިން ހުރިހާ ޙާޖީން މިނާއާ ހަމައަށް ފޯރުކުރުން، މިނާގައި އަރާމުކުރުމުގެ ފުރުޞަތާ މެންދުރު، އަސުރު، މަގްރިބް އަދި އިޝާ ނަމާދުވެސް ކުރުމުގެ ފުރުޞަތު ހޯދައިދިނުން އަމާޒަކީ" އޭނާ ވިދާޅުވިއެވެ.
https://www.facebook.com/hajjmissionmv/videos/442014785125950/?__cft__[0]=AZVCBLr7hk6V7LkBT_LqUBTPXU8Ky1QZTdhadYCwNaJKUGpGlm19eaEHJwIyBHXhhqGOEDZ8LphXhbVOlnUobU2Q78DBxsb5TTu9BGxhSaEy349HkYsiJ5IdP76jC_SDhwdqZ0CUsH3OlN7Pku9kQM-WDDfGB_Vs6sW9xoiUUiZnilZtEBbuWI-r3GyfnkI87LZLrluFQfFn-E42ABZFMN7e&__tn__=%2CO%2CP-R
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެޑިކަލް ޓީމުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާ އެތެރެހަށީގެ ޚާއްސަ ޑޮކްޓަރ އިބްރާހީމް ޙަސަން ވިދާޅުވީ ޙައްޖުވެރިންގެ ޞިއްޙީ ހާލަތު އެވްރެޖްކޮށް ރަނގަޅު ކަމަށާއި މިވަގުތު ހޮސްޕިޓަލުގަ އެއްވެސް ޙައްޖުވެރިއަކު އެނދުމަތި ކުރެވިފައި ނެތް ކަމަށެވެ.
https://www.facebook.com/hajjmissionmv/videos/385626510611458/?__cft__[0]=AZVESUmhR-SjURypgHw-BKG-tB9ADDswN0TKMM67ROW0JofeQ-b9WHZRrPpcXN4KjjnjqGJd_Nfjd9WT9dr-z0UWLc2u66XwUXQ_CQNQeU_mu4F6wxGTn2wLNB25_DWJx867W7lr2dIFHXjZ5kdVl5ttvvJABQBuwNBR3HMWT5ISfKS3BYEjqsWsD5lYiIEX4Sd_ZCrIPn3IBi1r9Uh1-3us&__tn__=%2CO%2CP-R
"ދިމާވެދާނެ މެޑިކަލް ޙާލަތަކަށް ޓީމު ވަނީ ވަރަށް ރަނގަޅަށް ތައްޔާރުވެފަ، ފަސް ޑޮކްޓަރުންނާ ހަ ނަރުހުން މި ޓީމުގައި ހިމެނޭ، ހުރިހާ ބޭފުޅުންނަށްވެސް އިރުޝާދުތައް ދީ ގަދަ ހޫނުން ސަލާމަތްވާނެގޮތްތައް ކިޔާދީ ފެން ބޭނުންކުރަންޖެހޭނެކަމާ، އެފަދަ މަޢުލޫމާތު ވާނީރަނގަޅަށް ވާނީ ކިޔާދެވިފަ" ޑރ ވިދާޅުވިއެވެ.
މި އަހަރު ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި 1150 ޙައްޖުވެރިއަކު ޙައްޖަށް ގޮސްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް