ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުވާކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ގޮވާލައްވައިފިއެވެ.
ޝަރީފް މިކަމަށް ގޮވައިލެއްވީ މަޖިލިސް ކުރިއަށްނުދާ މައްސަލައިގާ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި އޭނާ ވިދާޅުވެފައިވަނީ މަޖިލިސް ހިސޯރުކޮށްފައި އޮންނަ އޮތުން ނިމުމަކަށް ގެނައުމަށް ނަޝީދުގެ މައްޗަށް ދައުވާކޮށް ގާނޫނީ ފިޔަވަޅު އެޅުން ނޫންގޮތެއް ނެތް ކަމަށެވެ.
"އަފީފްވެސް ޖަލްސާތައް ކުރިއަށް ގެންދެވުމަށް ގަސްތެއް ނުކުރައްވާ، ނިޔަތެއްވެސް ނެތް" ޝަރީފް ވިދާޅުވެފައިވެއެވެ.
ޝަރީފް މިހެން ވިދާޅުވެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ އީވާ ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ވެއްދުމާއި ހަމައިން މަޖިލީހުގެ ޖަލްސާތައް ރަނގަޅަށް ކުރިއަށް ގޮސްފައެއް ނުވެއެވެ. އަދި ގިނަ ދުވަސްދުވަހު މިހާރު ޖަލްސާ ޖެހެނީ ފެށުމަށްފަހުގައިވެސް ހުއްޓައިލާށެވެ.
މަޖިލީހުގެ ޖަލްސާތައް ކުރިއަށްނުދާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން ރައީސް ނަޝީދު އަދި ނައިބު ރައީސްކަމުން އީވާ ވަކި ކުރުމަށް މަޖިލީހަށް ވަނީ ވައްދާފައެވެ. އެ މައްސަލަތައް ވެއްދުމުން ރިޔާސަތާ ހަވާލުވާން ރައީސް ނަޝީދު އަދި އީވާވެސް ވަނީ އުޒުރުވެރިވެވަޑައިގެން އެ މަސްއޫލިއްޔަތުން އެކަހެރިވެވަޑައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް