ޑެންގޫ އިތުރުވާތީ އަރބަންކޯއިން ހުޅުމާލެ ފޮގް ކުރަނީ

ހުޅުމާލޭގައި މަދިރި އާލާވެ، ޑެންގޫ ހުން ފެތުރެމުންދާ މިންވަރު އިތުރުވެފައިވާތީ މިކަން ހައްލުކުރުމުގެ ގޮތުން އަރބަންކޯއިން ހުޅުމާލޭގައި ފޮގް ކުރަން ފަށައިފިއެވެ. ކޮންމެ އަހަރަކު ވެސް ޖޫން ޖުލައި މަހަކީ...

14 Jun 2023 | 05:43

ހުޅުމާލޭގައި މަދިރި އާލާވެ، ޑެންގޫ ހުން ފެތުރެމުންދާ މިންވަރު އިތުރުވެފައިވާތީ މިކަން ހައްލުކުރުމުގެ ގޮތުން އަރބަންކޯއިން ހުޅުމާލޭގައި ފޮގް ކުރަން ފަށައިފިއެވެ.

ކޮންމެ އަހަރަކު ވެސް ޖޫން ޖުލައި މަހަކީ ވިއްސާރަ ދުވަސްވަރަކަށް ވާއިރު، މި ދުވަސް ވަރު އެކި ސަރަހައްދުތަކުގައި މަދިރި އާލާވެ، އެތަކެތީގެ ސަބަބުން ޑެންގޫ ބަލި ފެތުރޭ މިންވަރު އިތުރުވާކަން ފާހަގަކުރެވޭކަމަށް އަރބަންކޯއިން ބުނެފައިވެއެވެ.

އެގޮތުން އެކަން ކޮންޓްރޯލްކޮށް، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަރބަންކޯއިން ކުރާ މަސައްކަތެއްގެ ގޮތުން މިހާރު ވަނީ މުޅި ހުޅުމާލޭގައި މަދިރި އާލާވުން ނައްތާލުމަށް ފޮގް ކުރަން ފަށާފައެވެ. އަދި ކޮންމެ ދުވަހަކު ވެސް ފަތިހު އާއި، ހަވީރު ހުޅުމާލެ ތެރެ ފޮގްކުރާއިރު، މިކަމުގައި އިސްކަންދެނީ މީހުން ދިރިއުޅޭ ސަރަހައްދުތަކާއި، މަދިރި އާލާވުން އެކަށީގެންވާ ފަދަ ސަރަހައްދުތަކަށް ކަމަށް އަރބަންކޯއިން ބުނެއެވެ.

އަރބަންކޯގެ ފަރާތުން މަދިރި އާލާވުން ހުއްޓުވައި، ބަލިތަކުން ރައްކާތެރިވުމަށް މަސައްކަތްކުރަމުން އަންނައިރު، މިކަމުގައި އެންމެހާ ފަރާތްތަކުގެ އެއްބާރުލުމަކީ މުހިންމުވާނެކަން އަރބަންކޯއިން ބުނެފައިވެއެވެ. އެހެންކަމުން ދިރިއުޅޭ ގެއާއި ގޯތި ތެރޭގައި މަދިރި އާލާވާ ފަދަ ތަންތަން ހުރި ނަމަ އެތަންތަން ނައްތާލުމާއި، ސާފުތާހިރުކޮށް ބެލެހެއްޓުމަކީ މުހިންމު ކަމަށްވެސް އަރބަންކޯއިން ފާހަގަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް