މުއިވެޔޮދޮށު މައިޒާން އާބާތުރަ ފިލުވުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި

މުއިވެޔޮދޮށު މައިޒާން އާބާތުރަ ފިލުވުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި މާފަންނު ބިސްބުރުގައި ގާއިމްކޮށްފައިވާ މުއިވެޔޮދޮށު މައިޒާން ޕާކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުނ...

14 Jun 2023 | 05:14

މުއިވެޔޮދޮށު މައިޒާން އާބާތުރަ ފިލުވުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި

މާފަންނު ބިސްބުރުގައި ގާއިމްކޮށްފައިވާ މުއިވެޔޮދޮށު މައިޒާން ޕާކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.

އެ ކައުންސިލުން މިކަން ހާމަކޮށްފައިވަނީ އެ މަސައްކަތް ކުރިއަށްދާގޮތުގެ ބައެއް ފޮޓޯތަކާއެކު އިއްޔެ ކޮށްފައިވާ ޓްވީޓެއްގައެވެ.

ސިޓީ ކައުންސިލުން ބުނެފައިވާގޮތުގައި އާބާތުރަ ފިލުމުވުމުގެ މި މަރުހަލާގައި ކުޑަކުދިން ކުޅޭނެ އާ "ޕްލޭ ސެޓްސް" ހަރުކުރުމާއި ލައިޓްތައް ހަރުކުރުން ކުރިއަށްގެންދާނެއެވެ.

https://twitter.com/MaleCitymv/status/1668608395333754881

ބިސްބުރުގައި މުއިވެޔޮދޮށު މައިޒާން ނަމުގައި ޕާކެއް ބިނާކުރީ ރައީސް ޔާމީންގެ ދައުރުގައި 2015 ވަނަ އަހަރުގައެވެ. އެ ޕާކު ޕާކެއްގެ ގޮތުގައި ތަރައްގީ ކުރީ ކުރިން އިސްލާމީ މަރުކަޒުގެ ކައިރީގައި ހުރި ޖުމްހޫރީ ބިނާވެސް ބިސްބުރަށް ބަދަލުކުރުމަށްފަހުގައެވެ.

އެ ޕާކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރިއަށްގެންދާކަން ސިޓީކައުންސިލުން ހާމަކުރިނަމަވެސް އެ ޕާކު ނިންމާ އަލުން ހުޅުވާލާނެ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް