މިއަދުވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވި މެދުކަނޑާލައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާވެސް ކުރިއަށް ނުގެންދެވިގެން މެދުކަނޑާލަން ޖެހިއްޖެއެވެ. އިއްޔެއާއި ހިލާފަށް މިއަދު ރިޔާސަތާއި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ހަވާލުވެވަޑައިގެން މަޖިލީ...

14 Jun 2023 | 04:53

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާވެސް ކުރިއަށް ނުގެންދެވިގެން މެދުކަނޑާލަން ޖެހިއްޖެއެވެ.

އިއްޔެއާއި ހިލާފަށް މިއަދު ރިޔާސަތާއި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ހަވާލުވެވަޑައިގެން މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދަން ފެއްޓެވިއެވެ.

އެންމެ ފުރަތަމަ ފުރުސަތު ދެއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުމަށެވެ. އެ މައްސަލައަކީ ދައުލަތުން ބަދަލުގެ ގޮތުގައި 1.6 ބިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށްބުނާއެރި އެ ފައިސާ ދޫކުރި ފަރާތްތައް ހާމަކުރުމަށް ގޮވާލާ ކުއްލި މައްސަލައެވެ.

ނަމަވެސް މެންބަރުން އަޑުގަދަ ކުރައްވާތީ އާއި ނިޒާމީ ނުކުތާ ހުއްޓުމެއްނެތި ނަންގަވަމުން ގެންދަވާތީ މަޖިލީހުގެ ތަރުތީބު ގެއްލިގެންދިޔައެވެ.

ތަޅުމުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ގޮވަމުންދިޔައީ ރައީސް ޔާމީން މިނިވަން ކުރުމަށާއި ކޯޓުތައް އިސްލާހު ކުރުމަށެވެ. އަލަށް އުފައްދަން މަސައްކަތްކުރާ "ދަ ޑިމޮކްރެޓްސް" އިން ވާހަކަ ދައްކަމުންދިޔައީ މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމާއި ގުޅޭގޮތުންނެވެ.

އެއަށްފަހު ބައެއް ބަދު ބަސްތައްވެސް ތަޅުމުގައި އަޑުއިވެމުންގޮސް، އެންމެ ފަހުން މަޖިލިސް މެދުކަނޑާލީ މަޖިލިސް އިތުރަށް ކުރިއަށްގެންދާނެ ގޮތަކާއިމެދު ޕާޓީތަކުގެ ލީޑަރުންނާއި އަމިއްލަ މެންބަރުން މަޝްވަރާ ކުރުމަށް ފުރުސަތު ދެމުން މަޖިލީހުގެ މިއަދުގެ ޖަލްސާ މެދުކަނޑާލައި މަޝްވަރާ ކުރުމަށް ފުރުސަތު ދިނެވެ.

މިއަދުގެ ޖަލްސާވެސް ކުރިއަށް ނުގެންދެވި މެދުކަނޑާލާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވާތީ ރައީސާއި ނައިބު ރައީސް ވަނީ މަޖިލީހުގެ ރިޔާސަތާއި ހަވާލުވުމުން އުޒުރުވެރިވެވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް