ވިޕް ލައިނާއި ހިލާފުވެގެން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ފަސް މެމްބަރަކަށް ފިޔަވަޅު އަޅައިފި އެވެ.
މެމްބަރުން ތަކަކަށް ފިޔަވަޅު އެޅީ ހައި ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދު ވަކިކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނެރުނު ވިޕާ ޚިލާފުވި މެމްބަރުންނަށެވެ. ފިޔަވަޅެއްގެ ގޮތުން އެ ފަސް މެމްބަރުންނަށް ވަނީ ނަސޭހަތް ދީފަ އެވެ.
ފިޔަވަޅު އެޅި ފަސް މެމްބަރުންނަކީ
މާފަންނު ދެކުނު ދާއިރާގެ މެމްބަރު އާދަމް އަލީ
ތިނަދޫ ދެކުނު އަބްދުﷲ ސަނީފް
ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް
ފުވައްމުލަކު އުތުރު ދާއިރާ މެމްބަރު މުހައްމަދު ރަޝީދު
ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް