ބައިޑަންގެ މެދުއިރުމަތީ ދަތުރުފުޅުގައި ސައުދީއަށް ވަޑައިގެންނަވާނެ

އެމެރިކާގެ ރައީސް ޖޯ ބައިޑަން މެދުއިރުމައްޗަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ އަރަބިއްޔާއަށް ވަޑައިގެންނަވަން ހަމަޖައްސައިފި އެވެ. ބައިޑެންގެ މި ދަތުރުފުޅުގައި ވަޑައިގެންނަވާކަން އިއުލާނުކޮށްފަިއ އޮތީ...

14 Jun 2022 | 18:13

އެމެރިކާގެ ރައީސް ޖޯ ބައިޑަން މެދުއިރުމައްޗަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ އަރަބިއްޔާއަށް ވަޑައިގެންނަވަން ހަމަޖައްސައިފި އެވެ.

ބައިޑެންގެ މި ދަތުރުފުޅުގައި ވަޑައިގެންނަވާކަން އިއުލާނުކޮށްފަިއ އޮތީ އިސްރާއީލް އަށާއި އެގައުމުން ހިސޯރުކޮށްފައިވާ ވެސްޓްބޭންކަށެވެ. މި ދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ13 ން16 އަށެވެ.

ވައިޓް ހައުސްއިން ބުނީ ދަތުރުފުޅުގެ ތެރެއިން ސައުދީއަށްވެސް ވަޑައިގެންނަވާނެ ކަމަށެވެ. އަދި ސައުދީކް ވަލީއަހުދު މުހައްމަދު ބިން ސަލްމާނާއި ބައްދަލު ކުރައްވާނެ ކަމަށްވެ އެވެ.

މި ދަތުރުގައި ދެ ގައުމުގެ ދެމެދު ގުޅުން އިތުރަށް ބަދަހި ކުރުމާއި ބައިނަލްއަގުވާމީ މަޝްރަހުގައި ހިނގަމުންދާ ކަންކަމާއި މެދު ދެ ގައުމުން ދެކޭގޮތުގެ އިތުރުން ސަރަހައްދުގައި ހިނގަމުންދާ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ އެވެ. ރިޕޯޓުތައް ބުނާގޮތުގައި މި ދަތުރުގައި އެމެރިކާއަށް ސައުދީން އެތެރެކުރާ ތެޔޮ އިތުރު ކުރުމަށް މަޝްވަރާ ކުރާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް