ފްރާންސްގައި އަލުން "ބުރްކިނީ" ހުއްދަ ކުރުމަށް ގޮވާލާ ކޯޓަށް!

ފްރާންސްގައު މުސްލިމް އަންހެނުންނަށް ހާއްސަ ސްވިމްވެއާ "ބުރްކިނީ" މަނާކޮށްފައި އޮތުމާއި ދެކޮޅަށް ކޯޓަށް ގޮސްފި އެވެ. ބުރްކިނީ އަކީ މޫނާއި އަތް އަދި ފައިތިލަ ފިޔަވައި ގައިގެ ހުރިހާތަނެއް ނިވާވާ ގޮތަށް،...

14 Jun 2022 | 15:55

ފްރާންސްގައު މުސްލިމް އަންހެނުންނަށް ހާއްސަ ސްވިމްވެއާ "ބުރްކިނީ" މަނާކޮށްފައި އޮތުމާއި ދެކޮޅަށް ކޯޓަށް ގޮސްފި އެވެ.

ބުރްކިނީ އަކީ މޫނާއި އަތް އަދި ފައިތިލަ ފިޔަވައި ގައިގެ ހުރިހާތަނެއް ނިވާވާ ގޮތަށް، މޫދަށް އެރެން ފަރުމާކޮށްފައިވާ ސޫޓެކެވެ.

ފްރާންސްގައި ބުރްކިނީ އެޅުން މަނާ ކުރީ2016 ވަނަ އަހަރު އެ ގައުމުގައި ދިން ޓެރަރިސްޓު ހަމަލާ އަކާއި ގުޅިގެން ދީނީ ހަރުކަށި ވިސްނުމާ ދެކޮޅަށް ކަމަށް ބުނެ އެވެ.

ފްރާންސްގެ ސިޓީއެއް ކަމަށްވާ ގްރެނޯބަލްގެ ސިޓީ ކައުންސިލުންވަނީ އެ ގައުމުގެ އެންމެ މަތީ އެޑްމިނިސްޓްރޭޓިވް ކޯޓަށް މި މައްސަލަ ހުށަހަޅާފައި އެވެ. އެ  މައްސަލައިގަ އެދިފައިވަނީ އެ ސިޓީގައި ހުރިހާ ވައްތަރެއްގެ ސްވިމްވެއާ ލުމުގެ ހުއްދަ ދިނުމަށެވެ. އަދި ހާއްސަކޮށް ކޯޓު އަމުރުގައި "ބުކްރިކިނީ" ނަން ފާހަގަ ކުރުމަށް އެދިފައިވެ އެވެ.

މި މައްސަލައިގަ ކޯޓުގައި ފްރާންސްގެ އިންޓީރިއާ މިނިސްޓަރު ގެރާލްޑް ޑާމަނިން ވިދާޅުވީ ގްރެނޯބަލްގެ ސިޓީ ކައުންސިލުގެ އެ ޕޮލިސީއަކީ ގަބޫލު ކުރަން ދަތި ގޮންޖެހުމުގެ އަމަލެއް ކަމަށެވެ. އެއީ "ބުރްކިނީ" މަނާ ކުރީ ކީއްވެގެންކަން އެ ސިޓީގެ ވެރިންނަށް ކަނޑައެޅިގެން އެނގި ތިބެ އެފަދަ މައްސަލައެއް ކޯޓަށް ހުށަހެޅުމުން ކަމަށެވެ.

އެ ކޯޓަށް މައްސަލަ ހުށަހެޅުމުގެ ކުރިން ގްރެނޯބަލްގެ ލޯކަލް ކޯޓަށް ހުށަހަޅައިގެން އެ ސިޓީގައި ބުރްކިނީ މަނާކޮށްފައި އޮތް އޮތުން ވަނީ ސަސްޕެންޑުކޮށްފަ އެވެ.

ފްރާންސްގައި ބުރްކިނީ މަނާ ކުރުމުން ފެޝަން އިންޑަސްޓްރީގެ ގިނަ ބައެއްގެ ފާޑުކިޔުން އެ ގައުމަށް އަމާޒުވި އެވެ.

އެ ފަރާތްތަކުން އޭރު ބުނީ ބުރްކިނީ ލައިގެން މޫދަށާއި ސުވިމިންޕޫލަށް އެރެނީ ހަމައެކަނި މުސްލިމުން ނޫން ކަމަށެވެ. ގައިރު މުސްލިމުންގެ މެދުގައިވެސް ބުރްކިނީ މަޝްހޫރު ކަމަށާއި ހާއްސަކޮށް ހަމުގެ ކެންސަރު ފަދަ ބަލިތަކުން ރައްކާތެރިވުމަށް ގައިރު މުސްލިމުން ފްރާންސާއި ޔޫރަޕްގެ އެހެން ގައުމުތަކުގައި ބުރްކިނީ ލައި އުޅޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް