އިންޑިއާއިން ރާއްޖެ އެތެރެކުރި ކޮންޓޭނަރެއްގެ ތެރެއިން އަތުލައިގަތް މަސްތުވާތަކެއްޗާއި ބެހޭ މައުލޫމާތު ކަސްޓަމްސް އިން ހާމަކޮށްފިއެވެ.
އެގޮތުން ކަސްޓަމްސް އިން މިއަދު ބުނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އިންޑިޔާގެ ޓުޓިކޮރިންއިން ކަނޑުމަގުން ރާއްޖެ ގެނެސްފައިވާ މުދާ ޝިޕްމަންޓެއްގައި ގާނޫނާއި ގަވާއިދާ ޚިލާފު އެއްޗެއް ހުރިކަމަށް ޝައްކުކުރެވިގެން، އެ މުދާ ބަލައި ފާސްކުރުމަށްޓަކައި މާލޭ ވިޔަފާރި ބަނދަރުގައި، 09 ޖޫން 2022 އިން 11 ޖޫން 2022 އަށް ކަސްޓަމްސްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ޚާއްޞަ އޮޕަރޭޝަނެއް ހިންގުނު ކަމަށެވެ.
މި އޮޕަރޭޝަންގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލްގެ 15.5 ކިލޯ އަތުލާފައިވާއިރު، މި ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 4 މިލިއަން ދިވެހި ރުފިޔާއަށް އަރާކަމަށާއި މި މައްސަލަ އިތުރަށް ތަހުގީގުކުރުމަށްޓަކައި މިތަކެތި މިހާރު ވަނީ ފުލުހުންނާއި ހަވާލުކުރެވިފައި ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް