ސްޓެލްކޯގެ ޗެއާމަން ކަމުގެ މަގާމަށް ކުރީގެ މެމްބަރު އިބްރާހިމް ދީދީ

ސްޓެލްކޯގެ ޗެއާމަންގެ މަގާމަށް، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު ރިޓަޔަޑް ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް ދީދީ އައްޔަންކޮށްފިއެވެ. އޭނާ މި މަގާމަށް އައްޔަންކުރިކަން ހާމަކުރީ...

14 Jun 2022 | 14:29

ސްޓެލްކޯގެ ޗެއާމަންގެ މަގާމަށް، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު ރިޓަޔަޑް ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް ދީދީ އައްޔަންކޮށްފިއެވެ.

އޭނާ މި މަގާމަށް އައްޔަންކުރިކަން ހާމަކުރީ ސަރުކާރުގެ ކުންފުނިތަކގެ ކަންކަން ބަލަހައްޓާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިންނެވެ.

އިބްރާހިމް ދީދީ މި މަގާމަށް އައްޔަންކޮށްފައިވާއިރު ސްޓެލްކޯގެ ޗެއާޕާސަންކަމގެ މަގާމު މިދިޔަ އަހަރުގެ ޑސެމްބަރު މަހުން ފެށިގެން އޮތީ ހުހަށެވެ. އެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މުހައްމަދު ރަޝީދު އަވަހާރަވުމުންނެވެ.

https://twitter.com/pcb_gov/status/1536670763440574464

އިބްރާހިމް ދީދީ މަޖިލިސް މެމްބަރުކަން ކުރެއްވުމުގެ އިތުރުން ގިނަ ދުވަސްތަކެއް ވަންދެން ސިފައިންގޭގައި އިސް މަގާމުތަކެއް ފުރުއްވިއެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ސިފައިންގޭގެ މާލޭ ސަރަހައްދުގެ ކޮމާންޑަރުކަމުގެ މަގާމުވެސް އަދާކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް