ހުޅުމާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އަރަބި އަދި އިނގިރޭސި މީޑިއަމް އިންޓަނޭޝަނަލް ސްކޫލްގެ ބިންގާ އަޅައިފި އެވެ.
މި ސްކޫލަކީ ކުވައިތުގެ އަލްޖެރީ ހޯލްޑިންއިން އަޅާ ސްކޫލެކެވެ. ސްކޫލަށް ކިޔަނީ އަޖިއަލް ބައިލިންގުއަލް ސްކޫލެވެ.
މިއަދު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި ސްކޫލްގެ ބިންގާ އަޅުއްވައި ދެއްވީ ނައިބު ރައީސް ފައިސަލް ނަސީމާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަދި އަލްޖަރީ ހޯލްޑިންގެ ޗެއާމަން ތޮލާލް ހަލީފާ އަލްޖެރީ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ސްކޫލްގެ ރަސްމީ މީޑީއަމްއަކަށް ވާނީ އިނގިރޭސި ކަމަށެވެ. އެކަމަކު އަރަބި ބަސްވެސް ކިޔަވައިދޭނެ ކަމަށް ބުނެ އެވެ.
އަޖިއަލް ބައިލިންގުއަލް ސްކޫލްގައި ފައުންޑޭޝަން ލެވެލްއިން ފެށިގެން ގްރޭޑް 12 އާއި ހަމައަށް ކިޔަވައިދޭނެ އެވެ.
1،200 ކުދިންގެ ޖާގައިގެ މި ސްކޫލް 2025 ވަނަ އަހަރުގެ ދިރާސީ އަހަރު ފެށެން ވާއިރަށް ނިމޭނެ ކަމަށް އަލްޖެރީ ހޯލްޑިންއިން މިއަދު ބުނެފައިވެ އެވެ.
މި ސްކޫލް އެޅުމަށް އެ ކުންފުންޏާއި އެޑިއުކޭޝަން މިނިސްޓްރީން ހަވާލު ކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހު އެވެ. އަލްޖެރީން ސްކޫލް އިމާރާތް ކުރުމަށް ހަވާލުކޮށްފައިވާ ދިވެހި ކުންފުންޏަކީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑެވެ.
މި ސްކޫލް އިމާރާތް ކުރަނީ ހުޅުމާލޭ ފޭސް އެކެއްގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް