ފުވައްމުލަކު ސިޓީ ހުކުރު މިސްކިތުގެ އާސާރީ ގަބުރުސްތާނަށް ބަޔަކު ގެއްލިން މައްސަލަ ބަލަން ފަށައިފި އެވެ.
މި ގަބުރުސްތާނަކީ ރާއްޖޭގެ އެންމެ ދުވަސްވީ އެއް ގަބުރުސްތާނެވެ.
ހެރިޓޭޖް މިނިސްޓްރީން ބުނީ އެތަނަށް ގެއްލުން ދީފައިވަނީ އިއްޔެރޭގެ ވަގުތެއްގައި ކަމަށެވެ. މިނިސްޓްރީން ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މިނިސްޓްރީން ވަނީ އެކަމާއި ގުޅޭ އިތުރު މައުލޫމާތު އެ މިނިސްޓްރީއަށް އަންގަން ފުވައްމުލަކު ސިޓީ ކައުންސިލަށް އަންގާފަ އެވެ.
https://twitter.com/HeritageMv/status/1536315675660394496
ހެރިޓޭޖް މިނިސްޓްރީން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި މަހާނަ ގާތައް ބިންދާލާފައިވަނީ މެދުންނެވެ. ބިންދާލި ގާތަކުގައި ޑިޒައިންތަކުގެ އިތުރުން ކަނޑައި ނަގައިގެން އަރަބި ބަހުން ލިޔެފައި ހުއްޓެވެ.
ސަގާފަތާއި ތަރިކައިގެ ގާނޫނުގެ ދަށުން ތަރިކަ އަށް ގެއްލުންދިނުމުގެ ކުޑަބޮޑު މިނަށް ބަލައި، 10،000 ރުފިޔާ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް