ޕާޓީތަކަށް ދައުލަތުން ފައިސާދޭން ބުނާ މާއްދާ އުވާލަން ހުށަހަޅައިފި

ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޭން ޖެހޭ ކަމަށް ބުނާ މާއްސާ ސިޔާސީ ޕާޓީތަކުގެ ގާނޫނުން އުވާލަން ހުށަހަޅައިފި އެވެ. މި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ އެމްއެންޕީގެ ފަރާތުން ...

14 Jun 2022 | 06:56

ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޭން ޖެހޭ ކަމަށް ބުނާ މާއްސާ ސިޔާސީ ޕާޓީތަކުގެ ގާނޫނުން އުވާލަން ހުށަހަޅައިފި އެވެ.

މި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ އެމްއެންޕީގެ ފަރާތުން ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމްއެވެ.

އޭނާ ހުށަހެޅުއްވި އިސްލާޙުގައި ބުނެފައިވަނީ ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަކީ އެންމެ އިންސާފުވެރި އަދި ހަމަޖެހޭ ކަމެއްގެ ގޮތުގައި ގަބޫލު ނުކުރައްވާ ކަމަށެވެ.

އުޝާމް ހުށަހަޅުއްވާފައި ވަނީ އެ މާއްދާ އުވާލުމަށެވެ. އަދި 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށް ފައިސާ ދޭން ޖެހޭނެ ކަމަށް ބުނާ މާއްދާ ވެސް އުވާލަން އޭނާ ހުށަހެޅުއްވި އެވެ.

އޭގެ އިތުރުން ސިޔާސީ ޕާޓީއެއްގައި 3،000 މެމްބަރުން ހަމަވާން ޖެހޭނެ ކަމަށާއި އެ އަދަދަށް މެމްބަރުން ހަމަ ނުވާ ޕާޓީތައް އުވާލަން ޖެހޭނެ ކަމަށް ބުނާ މާއްދާތައް ވެސް އުވާލަންވެސް އުޝާމް ހުށަހެޅުއްވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް